Male' City ge maguthakugai cigarette buin manaakohffi
image
މާލެ ސިޓީ
6 ކޮމެންޓް
 

މާލޭ ސިޓީގެ މަގުތަކުގައި ސިނގިރޭޓު ބުއިން މަނާ ކޮށްފި

މާލޭ މަގުތަކުގައި ސިނގިރޭޓު ބުއިން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ. 
މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ސީއެންއެމްއަށް މިރޭ ވިދާޅުވީ މާލެ ހުޅުމާލެ ވިލިމާލެ ހިމެނޭގޮތަށް މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ކައިންސިލުން ނިންމީ އެކަމަކީ ވަރަށް ގިނަ ރައްޔިތުންގެ އެދުމަކަށްވާތީ ކަމުގައެވެ.

"ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އެއީ، މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި ހަތް ކައުންސިލަރުންގެ ބައްދަލުވުމުން އެގޮތަށް މިނިންމީ" ޝަރީފް ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްކުރުން މަނާކުރުމަށް ނިންމި ނަމަވެސް އެކަން ތަންފީޒުކުރާނީ ހަމަސް ދުވަސް ފަހުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކަމާއި ގުޅޭގޮތުން ފުލުހުންނާއި ހެލްތު މިނިސްޓްރީގެ އިތުރުން ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން ގެންދާ ކަމުގައެވެ.
ހިޔާލު

ޢާދަނު

ސިނގިރޭޓް އެތެރެކުރުން ހުއްޓާލަބަލަ އޭރުން ތިކަން އެތްފަހަރުންނިމުނީ ސިމްޕަލް

ކަދުރު

ވ ވ ރަނގަޅު ނިންމުމެއް. ދުވަސް ނަގާނެ ތަންފީޒުވާން.

ފުއާދު

ކަޑަ ތީއެހާ މޮޅުކަމެށްނުން ތިއަށްވުރެމާރަގަޅުވާނެ ސިގިރެޓި އެތެރެކުރުން މަނާކުރުންކީއްވެއެކަންކުރަން ނުކެރިގެން އުޅުއްވަނީ

ޔޫސުފު

ކަންތައް މަނާކުރުމައްވުރެ މަނާކުުުރެވިފަ ހުރިކަން ތައް ތަންފީޒް ކުރުން ބުއްދިވެރި ތިޔައްކިޔަނީ އަމާކީތީފަރައްދިއުން ބޭނުމަކީ ނޫސްތަކުން ޖާގަހޯދުން

މުޙައްމަދު ޚާލިދު

ހުރިޤާނޫނުތައް ވެސް މިއުޅެނީ ތަންފީޒް ނުވެގެން. އަނެއްކާވެސް ހަމަ ޤަވާޢިދެއް ހެދިއްޔާ. ތިޔަ ކަމެއް ތަންފީޒުކުރެވޭނޭ ބަޔަކު މިޤައުމަކުނެތް

ޔަމް

ޢުފާވެފި ހަބަރެއް😍🥰