Ihya programe faskuri iru Hamalaehge vaahaka Raees Maumoon vidhaalheh nuvey
image
ރައީސް މައުމޫނު އިހްޔާ ޕްރޮގްރާމުގައި ފޮތެއް ނެރުއްވަނީ: ފޮޓޯ ރައީސް މައުމޫން ޓުވިޓާ
1 ކޮމެންޓް
 

އިހްޔާ ޕްރޮގްރާމް ފަސްކުރެއްވިއިރު ހަަމަލާއެއްގެ ވާހަކަ ރައީސް މައުމޫނު ވިދާޅެއް ނުވޭ: އަލީމް

ޓެރަރިސްޓު ހަމަލާއެއްގެ އިންޒާރާ ގުޅިގެން މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް ފަސްކޮށްފި ކަމަށް ސޯޝަލް މީޑިއާގައި ބުނަމުން ދަނިކޮށް އިހްޔާ ޕްރޮގްރާމް ފަސްކުރެއްވި އިރު ހަމަލާއެއްގެ ވާހަކަ ރައީސް މައުމޫނު ވިދާޅުނުވާކަމަށް ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެެއެވެ.
ރައީސް މައުމޫންގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުލް އަލީމް "ސީއެންއެމް" އަށް ވިދާޅުވީ، އިހްޔާ ޕްރޮގްރާމުގެ ކަންކަން ހަމަޖެއްސުމަށް ހޯމަ ދުވަހުގެ ގުޅުމުން އިހްޔާ ޕްރޮގްރަމު ދެން އޮންނާނީ މިމަހު 28 ގައި ކަމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާކަމަށެވެ. އަދި އިހްޔާ ޕްރޮގްރާމް ފަސް ކުރީ ޓެރަރިސްޓު ހަމަލާއެއް ދެން އުޅޭތީ ސިފައިން އެދިގެންކަމަށް ސޯޝަލް މީޑިއަގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން އަލީމް ވިދާޅުވީ "އިހްޔާ ޕްރޮގްރަމް ފަސްކުރެއްވި އިރު އެފަދަ ވާހަކައެއް ރައީސް މައުމޫނު ވިދާޅުނުވާ" ކަމަށެވެ. އަދި ފަސްކުރީ ކީއްވެތޯ އަލީމް ނާއްސަވާކަަށްވެސް ވިދާޅުވިއެވެ.




މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް ބޭއްުވުަމަށް ހަަމަޖެހިފައި އޮތީ މިރޭ އިސްލާމީ މަރުކަޒުގައެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި އަންނަނީ ރާއްޖެއަށް ހަމަލާއެއް ދެން އުޅޭކަމަށް ބުނަމުންނެވެ. މިކަމާ ގުޅިގެން ނޫސްވެރިން ސިފައިންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ މިވަގުތު މީޓިންއެއްގައި އުޅުއްވާކަކަމަށެވެ. އަދި އެ ސުވާލުތަކަށް "އެޓެންޑު" ކުރައްވާނެކަމަށެވެ.
ހިޔާލު

މަހޭޝް

ކޮބައިތޯ މިޤައުމުގަ ރައީސްކަން ކުރައްވާފަ ތިއްބެވި އެހެން ބޭފުޅުން؟ މިފަދަ ޙަރަކާތެއް އެބޭފުޅުން ނުހިންގަވަނީ ކީއްވެތޯ؟ ޢިނާޔަތްތައް ބަރާބަރަށް ނަންގަވާނޫންތޯ؟