Fuluhunnaai MNDF gulhigen beyvi thamreen thah ninmaalaifi
image
އެމްއެންޑީއެފުން މާލޭގެ ސަރަހައްދެއްގައި ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބޭއްވި ތަމްރީނުތައް ނިންމާލައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް ކާމިޔާބު ކަމާއެކު މިއަދު ހެނދުނު 09:00 ޖެހިއިރު ނިންމާލާފައިވާ ކަމަށެވެ. އެ ތަމްރީނުތަކުގައި އެއްގަމު އުނޅަދުގެ އިތުރުން ކަނޑުގެ ބައެއް އުނޅަދުތައް ވެސް ވަނީ ބަލާ ފާސްކޮށްފައެވެ.


މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން އެންމެ ފުރަތަމަ ތަމްރީނުކޮށްފައި ވަނީމިމަހު ފަސްވަނަ ދުވަހުއެވެ.

އެފަރިތަކުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ވަނީ އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު، 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކޮށްފައެވެ.
ހިޔާލު