Thoum cafe’ gai roavi alifaan fuluhun nivvailaifi
image
އަލިފާން ރޯވި ވަގުތު އެސަރަހައްދު: ފޮޓޯ ޕޮލިސް
ސީއެންއެމް
0 ކޮމެންޓް
 

ތޫމް ކެފޭގައި ރޯވި އަލިފާން ފުލުހުން ނިއްވާލައިފި

އާޓިވިޝަލް ބީޗް ކައިރީ މަޖީދީމަގު ބޮޑުތަކުރުފާނުމަގު ކަންމަތީގައި ހުންނަ ތޫމް ކެފޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފުލުހުން ގޮސް ނިއްވާލައިފި އެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 22:20 އެހާއިރު ކަމުގައެވެ.
ފުލުހުން ބުނީ ރިޕޯޓް ލިބުނީ އެ ކެފޭގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި ރޯވެގެން ކަމަށާއި ރިޕޯޓް ލިބުމުން ވަގުތުން ފުލުހުންގޮސް އަލިފާން ނިއްވާލާފައިވާ ކަމުގައެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބުމުން ސިފައިން ހަރަކާތްތެރިވި ކަމަށާއި އަލިފާން ރޯވެފައިވަނީ ކެފޭގެ ބަދިގޭގައި ހުރި ގޭސްފުޅިއެއް ކައިރީހުރި ޑަސްބިނެއްގައި ކަމުގައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިމާރާތައްވެސް ގެއްލުމެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހިޔާލު