Haitige Raeesge Isthiufaa ah Govaalaa Ethah Bayaku Maguthakah
image
މުޒާހަރާތައް ފަށާފައި ވަނީ ރައީސް އަށް ކުރި ހިޔާނާތުގެ ތުހުމަތުތަކާއެކު---
0 ކޮމެންޓް
 

ހެއިޓީގެ ރައީސްގެ އިސްތިއުފާ އަށް ގޮވާލާ އެތައް ބަޔަކު މަގުތަކަށް

ހިޔާނާތުގެ ތުހުމަތާއެކު ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސްގެ އިސްތިއުފާ އަށް ގޮވާލާ އެތައް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
އިދިކޮޅު ފަރާތްތަކާއި ބައެއް ޖަމިއްޔާތައް އިސް ނަގައިގެން މުޒާހަރާތައް ފަށާފައި މިވަނީ މަގުތައް ހެދުމަށް ވެނެޒުއޭލާ އިން ދީފައިވާ އެހީ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ރައީސް ޖޮވެނެލް މޮއިސްގެ މައްޗަށް ކުރެވެމުންނެވެ.

ހެއިޓީގެ ރަސްމީ އިދާރާތަކުން މިދިޔަ ހަފުތާ ގައި ނެރެފައިވާ އޮޑިޓު ރިޕޯޓެއްގައި އެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެކަމުގައި ރައީސް މޮއިސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2014 ވަނަ އަހަރު މަގު ހަދަން އެގްރިޓްރާންސް އާއި ބެޓެކްސްގެ ނަމުގައި ކަމާ ބެހޭ ފަރާތްތަކުން ދެ ކުންފުންޏަކާއެކު އެއްބަސްވެފައި ވެއެވެ. އޭގެ ތެރެއިން އެގްރިޓްރާންސް އިން މަގު ހެދުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އޮޑިޓަރުން ފާހަގަކޮށްފައިވާ ގޮތުގައި އެގްރިޓްރާންސް އާއި ބެޓެކްސް ވެސް ރަޖިސްޓްރީ ކޮށްފައިވަނީ އެކެއްގެ ނަމުގަ އެވެ.

ހެއިޓީގެ ރައީސް ކަމުގެ މަގާމާ މޮއިސް ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އެގްރިޓްރާންސް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ މޮއިސް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ކެބިނެޓެއް އެކުލަވާލެވިފައި ނުވާ އިރު، ބަޖެޓު ވެސް ވަނީ ފާސް ނުކުރެވިފަ އެވެ. އަދި އާއްމު އިންތިހާބު ބޭއްވޭނެ ތާރީހެއް ވެސް ވަނީ ކަނޑަނޭޅި އެވެ.

ހެއިޓީގެ އެތައް ބަޔަކަށް އަސާސީ ހިދުމަތްތައް ނުލިބިވާ އިރު އިންފްލޭޝަން ރޭޓު ވަނީ 17 އިންސައްތަ އަށް އުފުލިފަ އެވެ. އަދި ހެއިޓީގެ ފައިސާގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.
ހެއިޓީ
ހިޔާލު