Brexit ahfahu viyafaari kuraane gothakaa gulheygothun dhe gaumun mashvarakohffi
image
0 ކޮމެންޓް
 

"ބްރެކްޒިޓް" އަށްފަހު ވިޔަފާރި ކުރާނެ ގޮތްތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއާ މަޝްވަރާކޮށްފި

"ބްރެކްޒިޓް" އަށްފަހު ވިޔަފާރި ކުރާނެ ގޮތްތަކާ ގުޅޭގޮތުން އިނގިރޭސިވިލާތުން ދިވެހިރާއްޖެއާ މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސި ވިލާތުގެ ހައުސް އޮފް ކޮމަންސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދާއި މަޝްވަރާ ކުރައްވާފައިވަނީ އިނގިރޭސި ވިލާތުގެކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރެއް ކަމަށްވާ ހެލެން ގްރާންޓް އެވެ.

ޔޫރަޕިއަން ޔޫނިއަން އިން ވަކިވާން އިނގިރޭސިވިލާތުގައި 2016 ވަނަ އަހަރު ވަނީ ވޯޓެއް ނަގާފައެވެ. އެވޯޓުގެ ނަތީޖާ ދައްކާގޮތުން 51.9 ޕަސަންޓު މީހުން ބުނެފައިވަނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވާންޖެހޭނެކަމަށެވެ.

އިނގިރޭސި ވިލާތުން އީޔޫއިން ވަކިވާން ނިންމާފައިވަނީ މިއަހަރުގެ އޮކްޓޫބަރުމަހުގެ 31 ވަނަ ދުވަހުއެވެ.ހިޔާލު