Meehaku raheenu koh faisaa feyrunu massalaiga Fazeel ah dhauvaa kuran fonuvaifi
image
އިބްރާހީމް ފަޒީލް--
1 ކޮމެންޓް
 

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލާގައި ފަޒީލަށް ދައުވާ ކުރަން ފޮނުވައިފި

މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލ ކައްދޫން މާމެންދޫ އަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލިކަމަށް ބުނާ ޑިންގީން ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު ހާދިސާގައި އޭނާ އާއެކު ޑިންގީން ދަތުރުކުރި އިބްރާހިމް ފަޒީލް މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރުނު މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު ކަމުގެ މައްސަލައިގެ ތަހުގީގު ނިންމާ ފަޒީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިއަދު ޕީޖީއަށް ފޮނުވާފައިވާނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ އެމީހާ ރަހީނުކޮށް ފަޒީލް ދެ ފަހަރެއްގެ މަތިން ފައިސާ ފޭރިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު 8900 ރުފިޔާ ފޭރުނުއިރު ދެވަނަ ފަހަރަށް އެމީހާއަށް ބިރުދައްކައިގެން ފޭރުނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެއެވެ. މިމައްސަލާގައި ފަޒީލް ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ހުޅުމާލެއިންނެވެ.

ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން ގުރޫޕަކުން ފިލަން އުޅުނު މައްސަލައެއްގައި ކަނޑުމަތިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ފަޒީލް ހިމެނުނެވެ. ނަމަވެސް ފަހުން އޭނާވަނީ ދޫކޮށްލާފަ އެވެ. ފުލުހުން ކުރިން ބުނެފައިވަނީ ފަޒީލަކީ އެކިއެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމުގައެވެ.
ހިޔާލު

ޒާހިރު

އަޅުގަނޑު ހިތަށް އަރާ މިމީހުން މިނިވަންކަންމަތީ މުޖުތަމައަށްދޫކޮށްލާފައި މިތިބެނީ ކީއްވެބާވައޭ މިމީހުންގެ ފަހަތުގަ ތިބީ ކޮން ސިޔާސީބައެއްބާވައޭ ކަޑައެޅިގެން މުޖުތަމައުއަށް ހުރި ބޮޑުނުރައްކަލެއްކަން އިގޭއިރުވެސް އަޅާނުލާދޫކޮށްލާފައި މިމީހުންގެ ފަރާތުން ބޮޑުންގެ އާއިލާއަކަށް އަދި ނުރައްކަލެއް ކުރިމަތި ނުވާތީކަންނޭގެ