Luthufi gengulhunee forovaigen: PNC
image
ލުތުފީ ގެންގުޅުނީ ފޮރުވައިގެން: ޕީއެންސީ
ސީއެންއެމް
1 ކޮމެންޓް
 

ލުތުފީ ގެންގުޅުނީ ފޮރުވައިގެން: ޕީއެންސީ

3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ހ ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ގެންގުޅުނީ ފޮރުވައިގެން ކަމަށް ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ލުތުފީ ގެންގުޅޭތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެދާނެކަމަށް މައުލޫމާތު ލިބިފައިވާ ކަމުގައެވެ. އަދި މިމައްސަލާގައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުން ގެންދާކަމަށްވެސް ޕީއެންސީން ބުނެއެވެ.

ޕީއެންސީންވަނީ ލުތުފީ ފޮރުވައިގެން ގެންގުޅުނުކަމަށްބުނެ އެކަމަށް ދިވެހި ރައްޔިތުންގެ ކިބައިއން މައާފަށް އެދުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ލުތުފީ ހައްޔަރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ދިއުމުންނެވެ. ލުތުފީ ހައްޔަރުކޮށް ލަންކާގައި ދިވެހި ފުލުހުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާއިން ލުތުފީ ނިގެނެވި ލަސްވަނީ އޭނާ އދ ގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކޮށްފައިވުމާއި ސައްޖަ ވިސާނެތި ލަންކާގައި އުޅުމުގެ އިތުރުން އޭނާ ހޯދުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާތީ، ބައިނަލް އަގްވާމީ އިޖްރާތްތައް ފުރުހަމަ ކުރުމަށް ދަތިތަކެއް ހުރުމުން ކަމުގައެވެ.
19 ދިވެހިން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި އަބްދުﷲ ލުތުފީ އުމުރަށް ޖަލަށް ލާފައިވަނިކޮށް ފިލާފައިވަނީ، 16 ޖެނުއަރި 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.
ޕީއެންސީ
ހިޔާލު

ސދަ

ތިއީ ފުރަތަމަލުތުފީ 2ވަނަ ލުތުފީވެސް އަދި ހައްޔަރު ނުވެވިގެން މިގަވްމުން މިއުޅެނީ