Swimming Association Championship mi mahu 31 ga fashanee
image
މީގެ ކުރިން ބޭއްވި ފެތުމުގެ މުބާރާތެއްގެ ތެރެއިން-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިމަހު 31 ގައި ފަށަނީ

ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕް މިމަހުގެ 31 އިން އޮގަސްޓް 3 އަށް މާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
އެ މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެއްޗާއެކު މިމަހުގެ 25 ވަނަ ދުވަހު މެންދުރު 02:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަން ޖެހެ އެވެ.

އެގޮތުން މުބާރާތުގެ ގަވައިދާއި ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން އަދި ރަސްމީ ގަޑީގައި އެސޯސިއޭޝަންގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މާލޭ ސްވިމިން ޓްރެކްގަ އެވެ.
ހިޔާލު