Barudhan lui kuran boan vee coffee!
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބަރުދަން ލުއިކުރަން ބޯންވީ ކޮފީ!

ކޮފީ ބުއިމަކީ އެންމެންގެ ތެރޭގައި ވެސް ނުހަނު މަޤްބޫލު، ގިނަ ބަޔަކަށް އެއާ ނުލައި ނޫޅެވޭނެ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ރައްޓެއްސަކާއި ދިމާވިޔަސް އެންމެ ފުރަތަމަ މިސްރާބު ޖެހޭ މަންޒިލަކީ ރެސްޓޯރެންޓަކަށް ނުވަތަ ކެފޭ އަކަށް ކޮފީ އެއް ބޯލާށެވެ. ނުނިދާ ހޭލަން ހުންނަން ވެސް ނުވަތަ ހެނދުނު ސަޔަށް ވެސް އެންމެ ކަމުދާ އެއްޗަކީ ކޮފީ އެވެ.
އެންމެ ފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 25 ތަށި ކޮފީ ބުޔަސް އޭގެ ސަބަބުން އާޓަރީސް ނުވަތަ ލޭނާރުތަކަށް އެއްވެސް އަސަރެއް ނުކޮށް މީހާގެ ހިތް ވެސް ރަނގަޅު ސިއްހަތެއްގައި ހުންނާނެ އެވެ. ހަމަ އެހެއްމެ ކޮފީއަކީ ބަރުދަން ލުއި ކޮށްދިނުމަށް މަގު ފަހިކޮށްދޭ އެއްޗެއްކަން ވެސް ދިރާސާތަކުން ދައްކަ އެވެ. މިއީ ކޮފީ ބޯ މީހުންނަށް ލިބޭނެ އުފާވެރި ހަބަރެއް ކަން ޔަގީނެވެ.

ކޮފީ ބުއިމުން ހަށިގަނޑުގައި ހުންނަ ''ބްރައުން އެޑިޕޯޒް ޓިޝޫ'' ނުވަތަ ''ބްރައުން ފެޓްސް'' ގެ އެހީގައި ކެލޮރީސްތައް އަންދާލެވެ އެވެ. ދުވާލަކު ދޭއް ނުވަތަ ތިން ތަށި ބޯކަމުގައިވާ ނަމަ ދުވާލެއްގެ މަތިން ހަށިގަނޑުން 150 ކެލޮރީސް އަންދާލެވޭނެ އެވެ. ކޮފީ ގައި ހިމެނޭ ކެފެއިން އަކީ ވެސް ކެލޮރީސް ނައްތާލުމަށް އެހީވެދީ ހަށިގަނޑުގެ އެތެރޭގައި ހިންގާ ''ރިއެކްޝަންސް'' ހަލުވިކޮށްދޭ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކާ ވަގުތު ކޮފީ ބުއިމަށްވަރު ކައި ނިމިގެން ކޮފީބުއިން އެދެވިގެންވެ އެވެ. ހެނދުނު ނާސްތާއަށް ފަހު އެއް ކޮފީ، މެންދުރު ކޮފީއެއް، އަދި ތިން ތަށި ކޮފީ ބޯން ބޭނުންވާ ކަމުގައިވާނަމަ ނިދުމުގެ ކުރިން ކޮފީ އެއް ބޯލާށެވެ. އެކަމަކު ކޮފީއަކީ ބައެއް މީހުންނަށް ނިދަން އުނދަގޫވާ އެއްޗަކަށް ވުމުން، އެފަދަ މީހުން އެންމެ އެދެވިގެން ވަނީ އިރުއޮއްސުމަށް ފަހު ކޮފީ ނުބުއިމެވެ.
ފޭޑި ސިއްހަތު
ހިޔާލު