MP Jabir ah Sheikh Shafeeu naseyhai dhevvaifi
image
އައްޝައިހް ޝަފީއު އަބްދުﷲ --
މުހައްމަދު ފަތުހުއްﷲ
2 ކޮމެންޓް
 

މެމްބަރު ޖާބިރަށް ޝެއިހް ޝަފީއު ނަސޭހަތެއް ދެއްވައިފި

ރާއްޖޭގައި ކެސިނޯ އަޅަން މަސައްކަތް ކުރަމުންދާތީ، ދީނީ އިލްމުވެރިޔާ އައްޝައިހް ޝަފީއު އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުއަށް ނަސޭހަތެއް ދެއްވައިފި އެވެ.
ޖާބިރު، ރާއްޖޭގައި ކެސިނޯ އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށް އިޝާރާތް ކުރައްވައި، ޝަފީއު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިންގުމަށް ހުއްދަ ކުރާކަމެއް ނޫންކަމަށާއި އެއާ ހިލާފަށް ހުރިހާ މުންކަރާތެއްވެސް މަދުކޮށް އެއްކޮށް ނައްތާލުމަކީ ވާޖިބެއްކަމަށެވެ.

”މެމްބަރު ޖާބިރެވެ. ކެސިނޯ އެޅުމުގެ ޚިޔާލު ދީކޮށްލާށެވެ. ތަނެއްގައި މުންކަރާތް ހިނގަމުން ދިއުމަކީ އެހެން މުންކަރާތްތައް ހިނގުމަށް ހުއްދަ ކުރާކަމެއް ނޫނެވެ. އެއާ ހިލާފަށް ހުރިހާ މުންކަރާތެއްވެސް މަދުކޮށް އެއްކޮށް ނައްތާލުމަކީ ވާޖިބެކެވެ. މާތްﷲ އަށް ބިރުވެތިވާށެވެ.“ ޝައިހްގެ ޝަފީއުގެ ޓްވީޓުގައިވެއެވެ.

ސޯޝަލް މީޑިއާގައި ވަރަށްބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝެއިހް ޝަފީއުއަކީ ސައޫދީއަރަބިއްޔާގެ މައްކާގައި މިވަގުތު މާސްޓާސް ހައްދަވަމުންގެންދަވާ ބޭފުޅެކެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތުއަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ޓޫރިޒަމް މިނިސްޓަރު ހާޒިރު ކުރައްވާ ބޭއްވި ބައްދަލުވުމުގައި ވެސް ޖާބިރު ވަނީ އަޑުގަދަކޮށް ވާހަކަ ދައްކަވާފަ އެވެ. އަދި އިއްޔެ ޖަލްސާގައި ނަން އިއްވުމަށްފަހު، ޖާބިރު ވަނީ މަޖިލީހުގެ ޖަލްސާއިން ނެރެފަ އެވެ. އަދި ކޮމެޓީގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއާ އަޑުގަދަކޮށް، ޒުވާބު ކުރުމަށްފަހު، ޖާބިރު ވަނީ ކޮމެޓީ ދޫކުރައްވާ ވަޑައިގަންނަވާފަ އެވެ.
މަޖިލިސް
ހިޔާލު

ޙާސިލް

ތިވަރުގެ ދަށު ދަރަޖައިގެ މީހުން ވެސް އިއްޒަތްތެރި ކޮށްފަ މެމްބަރު ކަމުގަ ބަހައްޓަން ޖެހޭ ތަ .

ކުރޫޒް މެސައިލް

ރަގަނޅު ދީނީތައުލީމް ހާސިލް ކޮއްގެން އަޔަސް ސިޔާސީ ނުކޮއް ވަކިބަޔަކު ރަގަނޅުކޮއްފަ ވަކިބަޔަކުވީމަ ނުބައިކޮއްފަ ސައިހުން ވާހަކަ ނުދައްކާ ސީދާ ދީނުގަ އޮންނަ ގޮތައްބުނަން އިގެނީ ވަރައް މަދު ސައިހުއަކައް. ވަރައް ސިމްޕަލް ސައިހުންނައް ކޮންސިޔާސީ ޕާރޓީއެއް ދެކެ ބިރުގަންނަވީ؟ ﷲދެކެބިރުވެތިވީމަ ނިމުނީ!