Jazeera holhu'ahtah Raees thinadhoo ah
image
ޖަޒީރާ ހޮޅުއަށްޓަށް، ރައީސް ތިނަދުއަށް
ސީއެންއެމް
0 ކޮމެންޓް
 

ޖަޒީރާ ހޮޅުއަށްޓަށް، ރައީސް ތިނަދުއަށް

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގދ ތިނަދުއަށް މިއަދު ވަޑައިގެންފި އެވެ.
ތިނަދޫގައި ބޭއްވާ ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ 3 ވަނަ ބައްދަލުވުމުވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ވަޒީރުންގެ މަޖްލީހުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މިފަހަރުގެ ޖަޒީރާ ހޮޅުއަށީގައި މަޝްވާރާކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާސަތުގެ ދަށުން " މަސްވެރިކަމުގެ ނަފާއިތުރުކުރުން" މި މައުލޫގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރައްވާ މި ދަތުރުފުޅުގައި ތިނަދޫގެ ކައުންސިލާ ބައްދަލުކުރައްވާ މަޝްވަރާކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ރަށުގައި ހުރި ސަރުކާރުގެ މުޢައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
ރައީސް ޞާލިޙް
ހިޔާލު