Ed Sheeran ulhenee sirrun kaiveni kohgen!
image
އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން (ވ) އަދި އަންހެނުން ޗެރީ ސީބޯން--
0 ކޮމެންޓް
 

އެޑް ޝީރަން އުޅެނީ ސިއްރުން ކައިވެނިކޮށްގެން!

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން އުޅެނީ ސިއްރުން ކައިވެނިކޮށްގެންކަން އޭނާ ހާމަކޮށްފި އެވެ.
އައިހާޓް ރޭޑިއޯ އަށް ދިން އިންޓަވިއު އެއްގައި އެޑް ބުނެފައި ވަނީ އޭނާ އުޅެނީ ކައިވެނިކޮށްގެން ކަމަށެވެ. އަދި ކައިވެނި ކުރީ ކުޑައިރުގެ ރަހުމަތްތެރިޔާ ޗެރީ ސީބޯން އާ ކަމަށެވެ.

އެޑް ބުނީ އެ ދެމީހުން ކައިވެނި ކުރީ އޭނާގެ އެންމެ ފަހުގެ ލަވައާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގެ ތެރޭގައި ކަމަށެވެ. "ރިމެމްބާ މައި ނޭމް" ނަމަކަށް ކިޔާ އެ ލަވަޔަކީ އެމިނަމް އަދި 50 ސެންޓާއެކު އުފެއްދި ލަވަޔަކެވެ. އެ ލަވައިގެ ލިރިކްސް ގައި ޗެރީ އަކީ "އަހަރެންގެ އަންހެނުން" ކަމަށް އެޑް ބުނެ އެވެ.

އެޑް ބުނީ އޭނާ އެ ލިރިކްސް ލިޔުނީ އެ ދެމީހުން ކައިވެނި ކުރުމުގެ ކުރިން ކަމަށެވެ. އެކަމަކު އެ ލަވަ ރިލީޒްވާއިރު، ދެ މީހުން އުޅޭނީ ކައިވެނިކޮށްގެންކަން އިނގޭ ކަމަށް އޭނާ ބުންޏެވެ.

އެޑް އަދި ޗެރީ އެންގޭޖުވީ ޖެނުއަރީ 2018 ގައެވެ. ކުޑައިރުން ފެށިގެން ދެ ރަހުމަތްތެރިން ނަމަވެސް، އެމީހުން ލޯބީގެ ގޮތުން ގުޅުނީ 2015 ގައެވެ.
ހޮލީވުޑް
ހިޔާލު