Congo gai haluvi kamaa eku ebola fethurenee
image
ކޮންގޯ ގައި އެބޯލާގެ ސަބަބުން މަރުވި މީހަކު ވަޅުލަނީ--ފޮޓޯ:ޓައިމްސްލައިވް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ކޮންގޯ ގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުން ދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފި

ޑިމަކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި ހަލުވިކަމާ އެކު އެބޯލާ ފެތުރެމުން ދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ބުނެފި އެވެ.
އެ ޖަމްއިއްޔާއިން ބުނެފައިވަނީ ކޮންގޯ ގައި މިވަގުތު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައި ކަމަށެވެ. އަދި މި ކަން ހުއްޓުވުމަށް ގައުމުތަކުގެ އެހީއަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލައިފަ އެވެ.

އެބޯލާ ހަލުވިކަމާއެކު ފެތުރުމުގެ ސަބަބުން މިހާތަނަށް ކޮންގޯގެ 1600 މީހުން ވަނީ މަރުވެފަ އެވެ.

މި ބަލީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިހަފްތާގެ ކުރީ ކޮޅު އެގައުމުގެ ގޯމާ ސިޓީން ނެވެ. އެ ސިޓީ އަކީ މިހާރުވެސް އެތައް މިލިއަން ބައެއް ދިރިއުޅެމުންދާ ސަރަހައްދެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލު އިއުލާން ކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބައިނަލްއަގްވާމީ ގައުމުތަކުގެ ސަމާލުކަމަށް މިފަދަ ކަންކަން ގެނައުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިހާތަނަށް އެ ޖަމްއިއްޔާއިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ހަތަރު ފަހަރަކު އެވެ.

އޭގެތެރޭގައި ދެކުނު އެފްރިކާގައި ހަލުވިކަމާއެކު އެބޯލާ ފެތުރުން ހިމެނެ އެވެ. އެ ކާރިސާގައި 11000 މީހުން ވަނީ މަރުވެފަ އެވެ.
ކޮންގޯ އެބޯލާ
ހިޔާލު