Sports corporation ge managing director akah Mauroof
image
މާއްޓެ---ފޮޓޯ:ވީނިއުސް
ފައުޒާ މުހައްމަދު
4 ކޮމެންޓް
 

ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފު

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އަހުމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.
މާއްޓެއަށް އެމަގާމަށް ހަމަޖައްސާފައިވާކަން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އަންގާފައިވާއިރު އެ ކޯޕަރޭޝަނުން ވަނީ މާއްޓެއަށް ވަރަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައެވެ.


މާއްޓެގެ އިތުރުން އެކޯޕަރޭޝަނުގެ އިތުރު ދެ މަގާމަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޑިރެކްޓަރުގެ މަގާމަށް އަބްދުލް ލަތީފް އަބްދުލް ހަކީމް އާއި އިސްމާއިލް ފާރިޝް ވަނީ ހަމަޖައްސާފައެވެ.

މާއްޓެއަކީ ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗުގެ އިތުރުން މިހާރު އެ ކްލަބްގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި ފަރާތް ވެސް މެއެވެ.
ކުޅިވަރު
ހިޔާލު

ސަރުބަތޫ

ކޮން ސުޕޯޓުސް ކޯޕަރޭސަނެއްތަ.. ދެން ހަދަންވީނުން ޖަސްޓިސް ކޯޕަރޭޗަނާއި އެޑިއުކޭޝަން ކޯޕަރޭޝަންވެސް.. މިނިސްޓަރީތަކުގެ ބަދަލުގަ ހުސް ކޯޕަރޭޝަން ހަދާ.. އެންވަޔަރަމެންޓު ކޯޕަރޭސަނާއި ހޯމް އެފެޔާޒް ކޯޕަރޭޝަން ވެސް ހަދާށެވެ.

އަޙްމަދު

އިމިގްރޭޝަނަން ހާދާލި ގޮތަށް ނަހަދާނެބާ. އެތަންވެސް ހަދާލީ ހިތު ހުރިވަރަކަށް ބޭރުމީހުންގެނެސް އަޅާލާފައި ކުންފުނިތަކުން ފައިސާނެގުން ކަމަށް އަޑުފެތުރުނު. އަދި އާއިލާ އެމެން ގޮވާއިގެން ގޮސް ރިސޯޓް ތަކުގައި ހޮލިޑޭހެދުން!!!

މުހައްމަދު

ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް މައުރޫފު ހަމަ ޖެއްސިއިރު މިހާރު ވިކްޓްރީސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަންގެ މަގާމުގައި ހުންނެވި ފަރާތަކީވެސް މާޓޭއެވެ. ދެން ރާއްޖޭގެ ކުލިވަރު ކުރި އަރާނެވަރު ވިސްނަވާ!

ގައުމީ ދަރިން

ސުބުހާނަﷲ. ބޭރު މީހުން ގެންނަން އަހަރެމެން ބެހެއްޓި ޑިޕޮސިޓް ފައިސާ އަށް ވީ ގޮތް ނުވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅު.