TV actress Priyanka ah dhariaku libijje
image
ޕްރިޔަންކާ އާއި ވިކާސް---
0 ކޮމެންޓް
 

ޓީވީ އެކްޓަރެސް ޕްރިޔަންކާ އަށް ދަރިއަކު ލިބިއްޖެ

ޓީވީ އެކްޓަރެސް ޕްރިޔަންކާ ކަލަންތްރީ އަށާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިކާސް ކަލަންތްރީ އަށް ދަރިއަކު ލިބިއްޖެއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ވިކާސް އެމީހުންނަށް ދަރިއަކު ލިބުންކަން އަންގާފައިވާއިރު އެމީހުނަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށް އެނާ ވަނީ ބުނެފައެވެ. ޕްރިޔަންކާ އައި ދަރިފުޅުގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވިކާސް އާއި ޕްރިޔަންކާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މިއީ އެދެމީހުނަށް ލިބުނު ފުރަތަމަ ދަރިފުޅު ވެސް މެއެވެ.

ޕްރިޔަންކާ ވަނީ ސްޓާޕްލަސް އިން ދައްކާ މަޝްހޫރު ޝޯ "ޔޭ ރިޝްތާ ކިޔަ ކެހެލާތާ ހޭ" ގެ އަޔުޝް އަގަރްވާލް ގެ ކޮއްކޮގެ ރޯލުން ފެނިފައެވެ. އޭގެއިތުރުން "ޕަލްކޯން ކީ ވާއޯން މެއިން" އަދި "ރަންގް ބަދަލްތީ އޮޑްނީ" ގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ވިކާސް ވަނީ ފިން ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އޭނާ މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ނަގާބް" އާއި "ޕިޔާރް ޒިންދެގީ ހޭ" އާއި "ނައީ ޕަލޯސަން" އަދި "އަގަރް" ހިމެނެއެވެ.
ހިޔާލު