Afghan ga emme gina meehun maruvee sarukaaruge sababun: UN
image
އަފްގާނުގައި އެމެރކާ ސިފައިން-- ފޮޓޯ: ސީއެފްއާރް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އަފްގާން ހަނގުރާމައިގައި އެންމެ ގިނަ އާއްމުން މަރުވީ ސަރުކާރާއި އެއްކޮޅު ސިފައިންގެ ސަބަބުން: އދ.

އަފްގާނިސްތާން ގައި ހިނގަމުންދާ ހަނގުރާމާގައި ބޭރު ފަރާތްތަކަށް ވުރެ ގިނައިން އެގައުމާއި އެއްކޮޅު ފަރާތްތަކުން އާންމުން މަރާލާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
އދ. އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ނޭޓޯ ޖަމާއަތް ފަދަ އަފްގާންއާ އެއްކޮޅު ފަރާތްތަކުން 717 އާންމުން މަރާލާފައި ވެއެވެ. މިއީ ބޭރުގެ ހަނގުރާމަވެރިން މެރި 531 އާންމުންނާ އަޅާބަލައި އިރު ބޮޑު އަދަދެކެވެ.

އަފްގާނިސްތާނުގެ އުނާމާ ގައި ހުންނަ އދ.ގެ އެސިސްޓެންސް މިޝަން އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެމެރިކާ އިން އަފްގާނިސްތާނަށް ދިން ވައިގެ ހަމަލާތަކުގައި 363 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި 89 ކުޑަކުދިން ހިމެނެ އެވެ.

އެމެރިކާގެ ވޮޝިންޓަން އިން ވަނީ އަފްގާންގެ ތޯލިބާން ޖަމާއަތާ އެކު ސުލްހައިގެ އެއްބަސްވުންތައް ބާއްވަން މީގެ ކުރިން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ތޯލިބާން ޖަމާއަތަށް ކެނޑިނޭޅި ދެމުން ދިޔަ ވައިގެ ހަމަލާތައް އެއްވެސް ހުއްޓުވުމެއް ނެތި އެވެ.

ތޯލިބާން ހަނގުރާމަވެރިން ބުނެފައިވަނީ އަފްގާނިސްތާނުން އެމެރިކާގެ ސިފައިން ނުފައިބައި ހިނދަކު އެމެރިކާއާއެކީ އެއްވެސް ރަސްމީ މަޝްވަރާއެއް ނުބާއްވާނެ ކަަމަށެވެ.

މި ހަފްތާގެ ހޯމަ ދުވަހު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ވިދާޅުވީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އަފްގާނުގައި ތިބި އެމެރިކާގެ ސިފައިން މަދު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ކަމަށެވެ.

އެމެރިކާއިން ދަނީ މިހާރު ވެސް ގަތަރުގެ ކުވައިތުގައި ތޯލިބާން އާ އެކު ނުރަސްމީ ބައްދަލުވުންތައް ބާއްވަމުންނެވެ.
ހިޔާލު