Hendhunu hendhunaa heylaa ulhey meehun maa ufaaveri
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހެނދުނު ހެނދުނާ ހޭލާ މީހުން މާ އުފާވެރި

ބައެއް މީހުންނަކީ ހެނދުނު 10 ނޫނީ 11 ޖަހާއިރުވެސް އަރާމުގައި ނިދާލާ އުޅޭ މީހުންނެވެ.
"އެމެރިސްލީޕް" އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ހެނދުނާ ހޭލާ އުޅޭ މީހުންނަކީ ހަޔާތުގައި މާ އުފާވެރި އަދި އެހާމެ އުފެއްދުންތެރި ބަޔެކެވެ.

ހެނދުނު ހެނދުނާ މި މާނަ ކުރަނީ ފަތިހު ހަތަރަކާއި ހެނދުނު ހަތަކާއި ދޭތެރެއެވެ.

"އެމެރިސްލީޕް" ގެ އެ ދިރާސާއިން ދައްކާ ގޮތުން ހެނދުނާ ހޭލާ މީހުންގެ ތެރެއިން އެންމެ ގިނައިން މީހުން ހޭލާ އުޅެނީ ހެނދުނު ހަޔެއް ޖަހާއިރެވެ.

އަދި އެ ހުރިހާ މީހުންގެ ތެރެއިން ވަޒީފާ އަދި ސްކޫލް މާހައުލުގެ ތެރޭގައި ވެސް އެންމެ އުފެއްދުންތެރި އަދި އުފާވެރި ދިރިއުޅުމެއްގައި އުޅޭ މީހުންނަކީ ފަތިހު ހަތަރެއް ޖަހާއިރު ހޭލާ މީހުންނެވެ.

ހަމަ އެހެންމެ ހަޔާތުގެ އެހެނިހެން ކަންތައްތައް ވެސް އެހެން މީހުންނާއި އަޅާބަލައިރު ފުދޭ ވަރަކަށް ރަނގަޅެވެ.
ދިރިއުޅުން
ހިޔާލު