Facebook ah dark mode annany!
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފޭސްބުކަށް ޑާކް މޯޑް އަންނަނީ!

މީސްމީޑިއާގެ ތެރެއިން ބައެއް އެޕްލިކޭޝަން ތަކަށް "ޑާކް މޯޑް" ތައާރަފްވެ ގިނަ ބަޔަަކަށް އެ މޯޑް ވަނީ ކަމުގޮސްފަ އެވެ.
އޭގެ ތެރެއިން މެސެންޖާ ވައިބާ ފަދަ އެޕްލިކޭޝަން ފާހަގަކޮށްލެވެއެވެ.

ޑާކް މޯޑަށް ބަދަލުކޮށްލެވުމުން ހުދު ކުލައިގައި ހުރި ގިނަ ބައިތައް ކަޅު ކުލައަށް ބަދަލުވެގެންދެއެވެ.

ގިނަ އެޕްލިކޭޝަންތަކުގައި މިހާރު ޑާކް މޯޑް ބޭނުންކުރެވެމުން ދާއިރު މީހުންގެ ތެރޭގައި އެންމެ މަގުބޫލު މީސްމީޑިއާ ކަމަށްވާ ފޭސްބުކް އިން ވެސް ދަނީ މި ފީޗާ އެ އެޕްލިކޭޝަން އަށް ގެނައުމަށް ތައްޔާރުވަމުންނެވެ.



އެ އެޕްލިކޭޝަންގެ ބައެއް ބައިތައް އަލުން ފަރުމާކޮށް ޑާކް މޯޑް ގެނައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.



ފާއިިތުވި އަހަރުތަކުގައި ޑާކްމޯޑު މަޝްހޫރު ވެފައިވަނީ އޭގެ ސަބަބުން ފޯނުގެ ޗާޖް އަވަހަށް ދިއުމުން ސަލާމަތް ކޮށްދީ އެހެނިހެން ގޮތް ގޮތުންވެސް ފަސޭހަ ފީޗާ އަކަށް ވާތީއެވެ.
ޓެކްނޮލޮޖީ ފޭސްބުކް
ހިޔާލު