MTCC inn Faafu atholhuga ferry dhathuru thah fashaifi
image
އެމްޓީސީސީގެ ފެރީއެއް-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެމްޓީސީސީ އިން ފ. އަތޮޅުގައި ފެރީ ދަތުރުތައް ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ) އިން ފ. އަތޮޅުގެ ރަށްތަކަށް އާއްމު ފެރީ ހިދުމަން ދޭން ފަށައިފި އެވެ.
އެމްޓީސީސީގެ ފެރީ ފ. އަތޮޅުގައި ދަތުރު ކުރާނީ އެ އަތޮޅު ފީއަލިން ނިލަންދޫ އަށެވެ. ހިދުމަތް ދެވޭ ރޫޓަކީ 405 ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެ ރޫޓުގައި ފެރީ ދަތުރު ފަށާނީ ފީއަލިންނެވެ. އެއަށްފަހު ބިލެއްދޫ އިން މަގޫދޫ އަށް އަދި ދަރަނބޫދޫ އިން ނިލަންދޫ އަށް ފެރީ މަޑު ކުރާނެ އެވެ.

ފެރީގެ ދަތުރުތައް އޮންނަނީ ކޮންމެ އާދީއްތަ، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގަ އެވެ. ދަތުރުތައް ކުރަން މި މަހުގެ 10 ވަނަ ދުވަހު ފަށާފައި ވާއިރު އެ ހިދުމަތުގެ އަގަކީ 20 ރުފިޔާ އެވެ.

ޖުމްލަ 100 މީހުންގެ ޖާގައިގެ އެ ފެރީގައި ބައިސްކަލް އަދި ލުއި ލަގެޖްތައް ގެންދެވޭނެ އެވެ.
ހިޔާލު