Jay ai Mahhi ah dhariaku libijje
image
ޖޭ އާއި މާހީ--
0 ކޮމެންޓް
 

ޖޭ އާއި މާހީ އަށް ދަރިއަކު ލިބިއްޖެ

މަޝްހޫރު ޓީވީ އެކްޓްރެސް އަދި މޮޑެލް މާހި ވިޖް އަށާއި އޭނާގެ ފިރިމީހާ އެކްޓަރު ޖޭ ބަނޫޝަލީ އަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ޖޭ އެމީހުނަށް ދަރިއަކު ލިބުނުކަން އަންގާފައިވާއިރު އެދެމީހުނަށް ލިބުނީ އަންހެން ކުއްޖެއްކަން ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެޕޯސްޓުގައި ޖޭ ވަނީ ދަރިފުޅުގެ ފައިގައި ބޮސް ދޭ މަންޒަރުގެ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.


އެދެމީހުންގެ ސަޕޯޓަރުން އަންނަނީ ހޫނު މަރުހަބާ އެއް ކިޔަމުންނެވެ. އަދި ގިނަ ބަޔަކު ތިބީ ދަރިފުޅަށް ކިޔާނެ ނަމަކާއި ދަރިފުޅުގެ މޫނު ދައްކާލާނެ އިރެއްގެ އިންތިޒާރުގައެވެ.

އުމުރުން 34 އަހަރުގެ ޖޭ އާއި 37 އަހަރުގެ މާހީ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. މިއީ އެދެެމީހުންގެ ފުރަތަމަ ދަރިފުޅު އެވެ.
ހިޔާލު