Thuhthu dharifulhuge dhulhaheyokamah follic acid
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ތުއްތު ދަރިފުޅުގެ ދުޅަހެޔޮކަމަށް ފޮލިކް އެސިޑް

ފޮލިކް އެސިޑަކީ ވިޓަމިންއެކެވެ. މާބަނޑު ދުވަސްވަރު މި ވިޓަމިން ހަށިގަނޑުގައި މަދުވެއްޖެނަމަ ކުޑަދަރިފުޅު އައިބުތަކާއެކު އުފަންވުމުގެ ފުރުސަތު ބޮޑުވެއެވެ.
ފޮލިކް އެސިޑް މަދުވުމުގެ ސަބަބުން ބައިގެންދިޔުމާއި، ދުވަސްނުފުރާ ވިހެއުމާއި ނިއުރަލް ޓިއުބް ޑިފެކްޓްސް (ސިކުނޑާއި މައިބަދަ އުފެދެންވާގޮތް ނޫން ގޮތްގޮތަށް އުފެދުން) މެދުވެރިވެއެވެ.

އެހެންކަމުން މާބަަނޑު ދުވަސްވަރު ފޮލިކް އެސިޑްގެ މިންވަރު ގިނައިން އެކުލެވޭ ކާނާތައް ކެއުމަށް އާދަކުރަންޖެހޭނެއެވެ.

ފޮލިކް އެސިޑް ގިނައިން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ ތޮޅި، ލެޓިއުސް، ކެބެޖު، ބްރޮކޮލީ، އޮރެންޖު، ކޮޕީފަތް އަދި ބޯވެލި ފަތް ފަދަ ބާވަތްތައް ހިމެނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުން ބަލިވެއިނުމުގެ ކުރިން ފޮލިކް އެސިޑް ގަވާއިދުން ބޭނުންކުރުމުން ނިއުރަލް ޓިއުބް ޑިފެކްޓްސްގެ 70 އިންސައްތަ މައްސަލަތަކުން ރައްކާތެރިކޮށްދެއެވެ.

ކުއްޖަކު ހޯދަން ގަސްތުކުރާތާ ތިން މަސް ދުވަހުގެ ކުރިންނާއި ބަލިވެއިންނަތާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފޮލިކް އެސިޑް ބޭނުންކުރުން ވަރަށް މުހިންމެވެ.
ސިއްހަތު
ހިޔާލު