AG Riffathu adhi menbaru Hisaan Fiji ga
image
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަރު، މަޖިލީހުގެ އަދި ޖޭއެސްސީގެ މެންބަރު ހިސާން ހުސައިން، ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އަދި އެސިސްޓެންޓް ރެޕްރެސެންޓިވް އޮފް ޔޫއެންޑީޕީ މޯލްޑިވްސް އައިޝަތް ރިޒްނާ-- ފޮޓޯ: އޭޖީ އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އޭޖީ ރިފްއަތާއި މެންބަރު ހިސާން ފިޖީގައި ކުރިއަށްދާ ގާނޫނީ ކޮންފަރެންސެއްގައި ބައިވެރިވެއްޖެ

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ފިޖީގައި މިހާރު ކުރިއަށްދާ ޕެސިފިކް ލީގަލް އެއިޑް ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އެޖީ އޮފީހުގެ މީޑިއާ ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ މިއީ ޔޫއެންޑީޕީ ސަޕޯޓް ޕްރޮގްރާމްގެ ދަށުން، އޭޖީ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ފުރުސަތެއްކަމަށެވެ. ހުސައިން ވިދާޅުވީ ދަތުރުގެ މައިގަނޑު މަގްސަދަކީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުގައި ފީޖީގެ ތަޖުރިބާ ދަސްކުރުންކަމަށެވެ.

ޔޫއެންޑީޕީން ހަރަދުކުރާ ދަތުރުގައި ދެގައުމުގެ އެކީ މަސައްކަތްކުރެވޭނެ އިތުރު މަގުތައް ފަހިވެގެންދާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ރިފްއަތު އާއި ހިސާންގެ އިތުރުން ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި އެސިސްޓެންޓް ރެޕްރެސެންޓިވް އޮފް ޔޫއެންޑީޕީ މޯލްޑިވްސް އައިޝަތް ރިޒްނާ ވެސް މި ދަތުރުގައި ބައިވެރިވެއެވެ.

މިބޭފުޅުން ފިޖީއަށް ކުރައްވާ ދަތުރުގައި ވަނީ އެގައުމުގެ އެކްޓިން ޗީފް ޖަސްޓިސް ކަމަލް ކުމަރާ ބައްދަލުކުރައްވައިފައެވެ. ބައްދަލުވުމުގައި އެބޭފުޅުން ވަނީ ދެގައުމުގެ ޝައުގުވެރިކަން ހުރި ކަންތަކާއި ގުޅުން އިތުރަށް ހަރުދަނާކުރުމާބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ފިޖީގެ އެކްޓިން ޗީފް ޖަސްޓިސްގެ އިތުރުން ލީގަލް އެއިޑް ކޮންފަރެންސްގެ އެކްޓިން ޑިރެކްޓަރު ޝާހިން އަލީއާ ވެސް ރާއްޖޭގެ ވަފްދު ބައްދަލުކުރެއްވިއެވެ. މިއަދު ފީޖީގައި ކުރިއަށް ދިޔަ ކޮންފަރެންސްގެ ތެރެއިން ވެސް އެބޭފުޅުން ވަނީ ގިނަ އަދަދެއްގެ ފަރާތްތަކާއި ބައްދަލުކޮށްފައެވެ.

އެގޮތުން ފީޖީގެ އެޓާނީ ޖެނެރަލް އަދި މިނިސްޓަރު އޮފް ޖަސްޓިސްގެ އިތުރުން މިނިސްޓަރު އޮފް އިކޮނޮމީ ސިވިލް ސާވިސް އެންޑް ކޮމިނިއުކޭޝަންގެ މަގާމު ފުރުއްވާ އައިޔާދް ސައްޔިދު ހައްޔޫމްއާ ދިވެހި ވަފްދު ބައްދަލުކުރެއްވިއެވެ.

ފިޖީގައި ކުރިއަށްދާ ޕެސިފިކް ލީގަލް އެއިޑް ރީޖަނަލް ކޮންފަރެންސް އަކީ މިސަރަހައްދުގެ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. މިބައްދަލުވުމުގެ ސަބަބުން ގާނޫނީ ފަންނުވެރިކަމުގެ އެކި ބޭފުޅުން އެކީގައި މަސައްކަތްކުރެވޭނެ މަގު ފަހިވި އިތުރަށް ފެންވަރު ރަނގަޅުވެގެންދާނެކަމަށް ކޮންފަރެންސް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.
ހިޔާލު