Nazeer aai Majid ge magaamu gehley gothah bill faaskohfi
image
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު-- ފޮޓޯ: ރާއްޖެއެމްވީ
0 ކޮމެންޓް
 

ނަޒީރާއި މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ބިލް ފާސްކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު، ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލު ފާސްކޮށްފިއެވެ.
އެ ކޮމެޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ޖޭއެސްސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާއެކު އެތަން އުވާލާ އެނަމުގައި އާ އިދާރާއެއް އުފައްދަން ޖެހެއެވެ. މިހާރު ޑީޖޭއޭ ހިންގަމުން އަންނަނީ ސްޕްރީމު ކޯޓުގެ ދަށުންނެވެ.

ގާނޫނަށް ހުށަހެޅުއްވި ބިލް ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާ އެކު ފާސްކުރީ 63 މެމްބަރުންގެ އަގުލަބިއްޔަތާއެކު އެވެ.

އޭގެ އިތުރުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުން ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އެ އިސްލާހު ފާސްވުމާއެކު އާ ބޭފުޅަކު ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު ކަމަށް ވެސް ކަނޑައަޅަން ޖެހެއެވެ.

ކުރިން ޖޭއެސްސީގެ މެމްބަރަކަށް ވެވޭނެ އުމުރުގެ ގޮތުގައި 40 ކަނޑައަޅާފައި އޮތް ނަމަވެސް ޖޭއެސްސީގެ މެމްބަރަކަށް ވެވޭނެ އުމުރު 30 އަހަރަށް ދަށް ކުރަން ކޮމެޓީން ވަނީ ނިންމާފަ އެވެ. ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާ ބޭފުޅަކީ ވަކީލެއް ނަމަ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވެސް ވާން ޖެހޭ ގޮތަށް މިހާރު ވަނީ ބިލް އިސްލާހުކޮށްފަ އެވެ.
ޖޭއެސްސީ މަޖިލިސް
ހިޔާލު