Esha Gupta Accident vehje
image
އީޝާ ގުޕްތާ--
0 ކޮމެންޓް
 

އީޝާ ގުޕްތާ އެކްސިޑެންޓު ވެއްޖެ

ބޮލީވުޑުގެ ބަތަލާ އީޝާ ގުޕްތާ ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓުވެއްޖެ އެވެ.
އުމުރުން 33 އަހަރުގެ އީޝާއަށް އެ އެކްސިޑެންޓުގައި އަނިޔާއެއް ނުލިބެއެވެ.

އޭނާގެ ކާރުގައި ޖެހި އެކްސިޑެންޓުވި ކާރުގެ ފޮޓޯ ޓްވީޓާއާ ހިއްސާކޮށް އީޝާ ވަނީ މުމްބާއީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. އޭގެ ކުޑައިރުކޮޅެއްގެ ފަހުން ފުލުހުން ފަރާތުން އެހީތެރިކަން ލިބި އެކަމަށް އީޝާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖަންނަތު 2 އަކުން ފެނިގެންދިޔަ އީޝާ ވަނީ ޓޯޓަލް ދަމާލް އާއި ރާޒް ތިނެއް އަދި ޕަލްޓަން ފަދަ ފިލްމުތަކުން ފެނިގެންގޮސްފައެވެ.
View this post on Instagram

👱🏽‍♀️

A post shared by Esha Gupta (@egupta) on


ދާދި ފަހުން އީޝާ ވަނީ ލަކްމޭ ފެޝަން ވީކް އިން ވެސް ފެނިގެންގޮސްފައެވެ. އެގޮތުން އެ ފެޝަން ޝޯގައި ޑިޒައިނަރު ޕައްލަވީ މޯހަންގެ ޑިޒައިންތައް އީޝާ ވަނީ ދައްކާލާފައެވެ.
ހިޔާލު