Corruption huttuvumah ACC inn 9 kameh faahaga koffi
image
އޭސީސީ--
1 ކޮމެންޓް
 

ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ނުވަ ކަމެއް ފާހަގަކޮށްފި

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުވަ ކަމެއް ފާހަގަކޮށްފި އެވެ.
އޭސީސީގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން އަމަލު ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން އެ ކޮމިޝަނުން ކޮށްފައިވާ ދިރާސާ ރިޕޯޓު އާއްމުކޮށްފައި ވާއިރު އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުން އަންގާ އެންގުންތަކަށް އިދާރާތަކުން އަމަލު ކުރާ މިންވަރު އަދި ނުކުރާ މިންވަރު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކޮމިޝަނުން އަންގާ އެންގުންތައް ޔުނިޓުތަކުން މޮނިޓާ ކުރުމުގެ މަސްއޫލިއްޔަތު ގާއިމްކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭސީސީން ބުނީ އެ މަސައްކަތަށް ބޭނުންވާ ވަށާ ޖެހޭ ނިޒާމަކަށް އަމަލުކުރެވޭނެ ގޮތްތަކަކަށް ޔުނިޓްތަކުގެ މަސައްކަތް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އޭސީސީގެ ދިރާސާ ރިޕޯޓުގައި ބުނެފައިވާ ކަންކަން ރަނގަޅު ކުރެވެން އޮތީ އެކަށީގެންވާ ރަނގަޅު ބަޖެޓަކާއި އެކުގައި އިންސާނީ ވަސީލަތް ގާއިމް ކޮށްދީގެން ކަމަށް އޭގައި ވެއެވެ. އަދި ބުނެފައި ވަނީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ބަލާ ވަޒަން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެފަދަ މުހިއްމު މަސައްކަތެއްގައި ކޮންމެ އިދާރާއެއްގެ ތެރޭގައި ވެސް އެކަމަށް ހާއްސަ އެއް ޔުނިޓު ގާއިމްކޮށް އެ ޔުނިޓުގެ ތެރެއިން ކަންކަން ވިލަރެސްކޮށް ބަލަހައްޓާނެ ގޮތަކަށް ކަންކަން ރާވަން ޖެހޭ ކަމަށް އެ ކޮމިޝަނުގެ ދިރާސާ ރިޕޯޓުގައި ބުނެފައި ވެއެވެ.

ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީން ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި މަސައްކަތްތަކާއި ގުޅިގެން ކަމާ ގުޅޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ފަންނީ ގާބިލުކަން ފޯރު ކޮށްދިނުން ހިމެނެ އެވެ. ކޭސް މެނޭޖްމެންޓް ސިސްޓަމްގެ ތެރެއިން ލިސްޓް ނުވަތަ ކޭސްތަކަށް އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން މެދުވެރިކޮށް އޭސީސީން އަންގާ އެންގުންތަކާއި ގުޅޭ ރިޕޯޓުތައް ޖެނެރޭޓުކޮށް ބެލޭނޭ ފަސޭހަ ނިޒާމެއް ގާއިމްކޮށްދިނުން ވެސް ހިމެނެ އެވެ.

އޭސީސީން ބުނީ ދައުލަތުގެ ވުޒާރާތަކުގައި ހިންގަމުންދާ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ލަސްނުކޮށް ހުއްޓުވައި
ވަޒަންކުރުމުގެ ގޮތުން ކޮމިޝަނުން ކުރާ މަސައްކަތް ހަލުވިކޮށް ފެންވަރު ރަނގަޅު ކުރުމަށް ދައުލަތުގެ އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި މި ދިރާސާ ހެދުމަށްޓަކައި ބައެއް އިދާރާތަކުން މައުލޫމާތު ހޯދުމަށް ދަތިތަކާއި ކުރިމަތިވި ކަމަށް ވަނީ ބުނެފަ އެވެ. އަދި އޭސީސީން މައުލޫމާތު ހޯދުމަށް އެދުނު ވަގުތަކީ އޭރު ރިޔާސީ އިންތިހާބު ނިމި އިންތިގާލީ މަރުހަލާގެ ތެރެ ކަމުން ވެސް އޭސީސީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކޮރަޕްޝަން އޭސީސީ
ހިޔާލު

ލލ

މުޅިންވެސް ތަންފީޒު ނުކުރެވޭނެ ވަރުގެ މާބޮޑެތި ކަންކަން ތިޔައީ ! ތިމާމެންގެ ކެރިފޯރުން ތެރިކަން ހުރިމިންވަރަކަުން ކަންކަން ކުރަން އުޅެފިއްޔާ ތަންކޮޅެއް ރީތިކޮށް ފަސޭހައިން ކުރެވޭނެ !