Jinaaaee Ijuraathu ge Qaanoonu islaahu kuran dhaurun beyrun Majileehuge jalsaa eh baavvan edhijje
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
1 ކޮމެންޓް
 

ޓެރަރިޒަމް ގާނޫނު އިސްލާހު ކުރަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ދައުރުން ބޭރުގައި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން އެމްޑީޕީގެ ފަރާތުން މިހާރު މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.

މަޖިލީހުގެ އެޖެންޑާ މިހާރު އާއްމުކޮށްފައި ވާއިރު، ދައުރުން ބޭރުން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ. އެޖެންޑާގައި އޮތީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހަޅާނީ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަހީމެވެ.

ދާދި ފަހުން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ދެ ގާނޫނަކަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަރު ކޮމިޝަނުން ތަހުގީގު ކުރި ރިލްވާންގެ މައްސަލަ ކުރިޔަށް ގެންދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެގޮތުން ޓެރަރިޒަމް ރަނގަޅަށް މާނަކޮށް އަސްލު ޓެރަރިސްޓުން ފަސޭހައިން ހިފާ ހައްޔަރު ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ މިހާރު އޮތް ގޮތުން އަސްލު ޓެރަރިސްޓުން ނުވަތަ ޓެރަރިޒަމްގެ އަސްލު އަމަލު ހިންގާ ފަރާތާ ދިމާލަށް ދިއުމަށްވުރެ އޭގެ އަމާޒު އޮތީ އެހެން ދިމާލަކަށް ކަމަށެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވެސް ބައެއް އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރުވާ ގޮތުން ތަހުގީގައި ހައްޔަރުކޮށްފައި ބެހެއްޓޭނެ ވަކި މުއްދަތެއް ކަނޑަައަޅާފައިވީ ނަމަވެސް ޓެރަރިޒަމް އާއި ދައުލަތުގެ މަސްލަހަތާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހާ ތަހުގީގު ނިމި ޝަރީއަތް ނިމެންދެން ބަންދު ކުރަން ޖެހެ އެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އެ ޖާގަ ޕްރޮސެކިއުޓާ ޖެނަރަލަށާއި ފުލުހުންނަަށް އަދި ޝަަރުއީ ކޯޓުތަކަށް ވެސް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިޔާލު

އަހުމަދު

ރައްޔިތުންގެ ހައްގާ ގުޅޭ ގާނޫނު ތައް އިސްލާހު ކުރާނީ ކޮން އިރަކުން ތޯ. ގޯތި ގެދޮރުން ދަރިން ނެރި ވަންނާނެ ތަނެއް ނެތި އުޅޭ މީހުންނާ ވަކި ދަރިއަކު އެކަނި ގޯތި ބޭނުން ކޮށް އެހެން ދަރިން ބިކަ ކުރާ މައްސަލަ އާއި ކުއްޔަށް ދޭ ތަންތަނުން ނަގާ އެޑްވާން ލާރި ކޮޅު ނުލިބެ މައްސަލަ އަކީ ބޮޑު ވެއްޖެ ކަން ކަން. ޕްލީސް ހެލްޕް.