BML ATM, Baarashaai kelaagai gaaim kohfi
image
ބީއެމްއެލްއިން އަލަށް ގާއިމްކުރި އޭޓީއެމް / ބީއެމްއެލް
މިއުނާ ހަސަން
1 ކޮމެންޓް
 

ބީއެމްއެލް އޭޓީއެމް، ބާރަށާއި ކެލާގައި ގާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު (އޭޓީއެމް) ، ހ.އ ބާރަށާއި ކެލާގައި ގާއިމްކޮށްފިއެވެ.
ބާރަށާއި ކެލާގައި ގާއިމް ކުރި އޭޓީއެމްތަކަކީ ބީއެމްއެލްގެ ހިދުމަތްތަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ގާއިމް ކުރި ދެ އޭޓީއެމްއެވެ.

އޭޓީއެމްގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި އަދި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

ބާރަށާއި، ކެލާގައި ގާއިމް ކުރެވުނު އޭޓީއެމްގެ އިތުރުން، ދިއްދޫ، ހޯރަފުށި އަދި އިހަވަންދޫއާއިއެކު، ހ.އ ގައި ބީއެމްއެލްއިން އޭޓީއެމްގެ ހިދުމަތްދޭ ރަށްތަކުގެ އަދަދު ފަހެކެވެ.

"މިއަދަކީ މުޅި ރާއްޖެ އަށް އަމާޒުކޮށް ބޭންކިންގ ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ކުރިއަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މުހިންމު ފިޔަވަޅެއް އެޅުނު ދުވަހެއް. ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި މަގްބޫލްކަން ލިބެމުން އަންނަ ހއ. އަތޮޅަށާއި، ފަރުދުންނާއި ވިޔަފާރިތަކާއި މި ދެރަށުގެ ރައްޔިތުންނަށް މި އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ބޭންކިންގ ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ހޯދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް، ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ،” ސެލްފް ސާވިސް ބޭންކިން ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔަ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗާއި، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު، އަދި 113 އޭޓީއެމް އާއި 5500 ޕީއޯއެސް މާޗަންޓުން ހިދުމަތް ދެވޭނެއެވެ.

އޭގެ އިތުރުންވެސް 277 ކޭޝް އޭޖެންޓުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް މިހާރުވެސް ދެއެވެ. ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ހިޔާލު

ކެލާސޮރު

ވައޯ.ސަޅި