ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
ހަބަރު
/
ސިޔާސީ
މަސް ބާނަމުން ދަނީ-- ފޮޓޯ: ދި މަސްވެރިން/ ޓްވިޓާ
16 ސެޕްޓެމްބަރ 2019
0 ކޮމެންޓް
Tweet
މަސްވެރިކަމުގެ ބިލް ތަސްދީގުކޮށްފި
މަސްވެރިކަމާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
މިއަދު ތަސްދީގު ކުރެއްވި އެ ބިލަކީ މިމަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 47 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.
އެ ބިލަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެ ތަކެތީގެ މާހައުލާއި، ކަނޑުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ބެހޭ ބިލެކެވެ.
އަދި މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި، ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމާއި، ދިވެހި މަސްވެރިކަމާއި އެކުއަކަލްޗާގެ ސިނާއަތް ކުރިއަރުވައި، ތަރައްގީކޮށް، އެ ސިނާއަތް ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލުތަކާއި ހަމަތައް ބަޔާންކޮށްފައިވާ ބިލެއް ވެސް މެއެވެ.
ބިލުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތައް:
- ގާނޫނަކަށް ބަދަލުވެ، އަމަލު ކުރަން ފަށާތާ 100 ދުވަހުގެ ތެރޭގައި މަސްވެރިންނާއި، ފަޅުވެރިންނާއި، އޮޑިވެރިން އަދި އޮޑިދޯނި ފަހަރުގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލައި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީން އެ ދަފްތަރު ލިޔެ ބަލަހައްޓަން ޖެހުން
- މަސްވެރިންގެ އިޖްތިމާއީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރުކޮށްދިނުން
- މަސްވެރިކަމާ ގުޅޭ ތައުލީމާއި ތަމްރީން ހޯދައިދިނުން
- މަސްދޯނި ފަހަރާއި ބޯޓު ފަހަރު ބަނުމުގެ ވިޔަފާރި ފުޅާކުރުން
- މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުން
- އައިންމަތި ދޫނި، ބިސްއަޅާ އާލާވާ ރަށްރަށާއި ފިނޮޅު ފަދަ ތަންތަން ހިމާޔަތް ކުރުން
- އެކްޝަން ޕްލޭންތައް ތައްޔާރު ކުރުން
- މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލުން
- ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުން
- މަސް ޕްރޮސެސްކުރާ ތަންތަނާއި، ގޭދޮށު މަސް ފެކްޓްރީތަކާއި އައިސްޕްލާންޓްތައް ގާއިމުކުރުން
އޭގެ އިތުރުން އެކުއަކަލްޗަ ތަރައްގީ ކުރުމުގެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ. އެ ބިލް ގާނޫނަކަށް ވުމާއެކު މިހާރު އަމަލު ކުރަމުންދާ މަސްވެރިކަމުގެ ގާނޫނު އުވޭނެ އެވެ.
އެ ބިލް މިއަދު ތަސްދީގު ކުރެއްވުމާއެކު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.
ގުޅުންހުރި
މަޖިލިސް
މަސްވެރިކަން
ރައީސް ޞާލިޙް
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ސިޔާސީ ވާދަވެރިންނަށް ހުކުމް ޖެހުމަކީ ޤައުމީ ޚިދުމަތެއް ނޫން: ޑރ. ޖަމީލް
1 ގަޑިއިރު ކުރިން
ހިންގުންތެރި މަޖިލިސް ޗުއްޓީއަށް، ރައްޔިތުން ދޭނީ ކޮން ގްރޭޑެއް؟
1 ގަޑިއިރު ކުރިން
ގެއްލިގެން ހޯދަމުންދިޔަ ދެ ދިވެހިން ފެނިއްޖެ: އެމްއެންޑީއެފް
1 ގަޑިއިރު ކުރިން
ލޯބިވެރިޔާ އަރްހާނުގެ ދަރިއަކު ހުރިކަން ސަލްމާން ފަޅާ އަރުވާލުމުން ރަޝަމީއަށް ޝޮކެއް!
2 ގަޑިއިރު ކުރިން
"ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް އިއުލާން ނުކޮށް މަޝްރޫއުތައް ދެވިދާނެ"
2 ގަޑިއިރު ކުރިން