Gavaaidhaa hilaafah ulhey bidheyseennah regularization program eh hinganee
image
ބިދޭސީން-- ފޮޓޯ: އަވަސް
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއީދުގެ ތެރެއަށް ވަނުމަށް ޕްރޮގްރާމެއް ހިންގަނީ

ބިދޭސީންނަށް އަމާޒުކޮށްގެން ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް، ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ޕްރޮގްރާމް ހުޅުވާލާފައި ވަނީ 19 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ވަޒީފާ ދޭނެ ފަރާތެއް ލިބި، ރެގިއުލަރައިޒް ވާން އެދޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުޅަހަޅަން ޖެހޭނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ވަޒީފާ ދޭ ފަރާތުންނެވެ.

އަދި ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން އެ ޕްރޮގްރާމް ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މިނިސްޓްރީ އަށް ހާޒިރުވެ "ރެގިއުލަރޭޒް ވާން އެދޭ ބިދޭސީންގެ ދަފުތަރު" ގައި ރަޖިސްޓްރީ ވާން ޖެހޭ ކަމަށް ވެސް އެ އިއުލާނުގައި ބަޔާން ކޮށްފައި ވެއެވެ.

ދަފްތަރުގައި ރަޖިިސްޓްރީ ވުމަށް ނަމްބަރު ދޫކުރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު 12:30 އާ ހަމައަށް ކުރިޔަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިޔަށް ދާނީ ސިވިލް ސާވިސް ކޮމިޝަންގެ އޮފީސް ހުންނަ އިމާރަތުގެ ފުރަތަމަ ފަންގިފިލާގައި އެކަމަށް ހާއްސަ ކުރެވިފައިވާ އިކޮނޮމިކް މިނިސްޓްރީގެ އިދާރާގަ އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ހިންގޭ ޕްރޮގްރާމެކެވެ.
ހިޔާލު

ޔަހުޔާ

މިއީ އެއްވެސް ގައުމެއްގައި ކަންހިންގާ ގޮޔތެއް ނޫން ގަވައިދާ ޚިލާފަށް ހުރި ކަން އެނގިއްޖެ ނަމަ އެމީހަކު ފޮނުވާލާނެ އެހެން ފުރުޞަތެއް ނޯވޭ

ކަމަނަ

މަޖީދިއްޔާ ސްކޫލް ގައި ހިންގަމުންދާ ކެންޓީންގައި މަސައްކަތް ކުރަނީ މަގުމަތީ ސޭލުން ހޮވަގެން ގެނެސް ތިބި ބަންގާޅީން އިސްކަންދަރު ސޮކޫލް އާއި ތާޖުއްދީން ސްކޫލް ގައި ވެސް ތިބީ ހަމަ މަގުމަތީ ސޭލް ބަންގާޅީންނެވެ