Dengue hun jehigen Kartik bali endhugai
image
ކާތިކް--
0 ކޮމެންޓް
 

ޑެންގީ ހުން ޖެހިގެން ކާތިކް ބަލި އެނދުގައި

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އަސްލު ނަމުން ނަމަ މޮހްސިން ހާން އަށް ޑެންގޫ ހުން ޖެހިއްޖެ އެވެ.
ޓުވިޓާ މެދުވެރިކޮށް ކާތިކް އޭނާއަށް ޑެންގޫ ޖެހިގެން އުޅޭކަން އަންގާފައި ވާއިރު އޭނާ ވަނީ ގިނަ އިރު ބޭރުގައި އުޅޭނަމަ ވަރަށް ބޮޑަށް ބަލައިގެން އުޅުމަށް އޭނާގެ ސަޕޯޓަރުން ކައިރިން އެދިފަ އެވެ. އަދި ވަރަށް އަވަހަށް ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.


އެ ޓުވިޓާ ގުޅިގެން މޮހްސިންގެ ސަޕޯޓަރުން ހިތާމަ ފާޅުކުރަމުން ދާއިރު ގިނަ ބަޔަކު އަންނަނީ މޮހްސިން އަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރަމުންނެވެ.

މޮހްސިން ވަނީ މިގެ ކުރިން ވެސް ގިނަ ޓީވީ ޝޯތަކުގައި މަސައްކަތް ކޮށްފަ އެވެ. ކާތިކް މަސައްކަތްކޮށްފަިއވާ ބައެއް ޝޯތަކުގެ ތެރޭގައި "ޑްރީމް ގާލް" އާއި "ޕްލާރް ތޫ ނޭ ކިޔާ ކިޔާ" ހިމެނެ އެވެ.
މޮހްސިން
ހިޔާލު