Hulhumale' gai 4200 housing Unit, Massaikkai fashaanee November mahu
image
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ ހައުސިން ޔުނިޓުތަކެއް -- ފޮޓޯ / އެޗްޑީސީ
0 ކޮމެންޓް
 

ހުޅުމާލޭގައި ސަރުކާރުން 4200 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 4200 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަން ބޭނުން ވަނީ ހަމައެކަނި މާލެއަށް އެކަނި ނޫން ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ބޯހިޔާވަހިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިވާހިކަމުގެ މަޝްރޫއުތައް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން އެގޮތުން ހދ ނޮޅިވަރަންފަރާއި ތ.ތިމަރަފުށި އަދި ޅ. ނައިފަރުގައި ހައުސިން ޔުނިޓު އެޅުމަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަތޮޅުތެރޭ އަޅަން ހަމަޖެހިފައިވާ 5000 ހައުސިން ޔުނިޓުގެ ތެރެއިން އިތުރު ރަށްރަށުގައި ވެސް ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ސަރުކާރުން އިމާރާތް ކުރާ ހައުސިން ޔުނިޓުތަކުގެ ތެރޭގައި ލ. ފޮނަދޫގައި އަޅާ 50 ހައުސިން ޔުނިޓާއި ގދ. މަޑަވެލީގައި އަޅާ 22 ހައުސިން ޔުނިޓާއި ފުވައްމަލުަކު ސިޓީގައި އަޅާ 200 ހައުސިން ޔުނިޓާއި ސ. ހުޅުދޫގައި އަޅާ 48 ހައުސިން ޔުނިޓު ހިމެނެއެވެ. އަދި ގދ. ގައްދޫގައި އަޅާ 50 ހައުސިން ޔުނިޓާއި ސ. ހިތަދޫގައި އަޅާ 264 ހައުސިން ޔުނިޓުގެ އިތުރުން ގއ. ވިލިނގިލީގައި އަޅާ 52 ހައުސިން ޔުނިޓު އަދި ގދ. ހޯޑެއްދޫގައި އަޅާ 40 ހައުސިން ޔުނިޓު ހިމެނެއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހައުސިން ޔުނިޓުތަކުގެ އިތުރުން ރަށްރަށުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ނުހެދި ހުރި ގޯތިތަތަށް އިމާރާތް ކުރެވޭނެ ފައިސާވެސް ދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ހިޔާލު