Dengue hun jehi Zain Imam ves bali endhugai
image
ޒައިން--
0 ކޮމެންޓް
 

ޑެންގޫ ހުން ޖެހި ޒައިން އިމާމް ވެސް ބަލި އެނދުގައި

ޓީވީ އެކްޓަރު ޒައިން އިމާމަށް ޑެންގޫ ހުން ޖެހިއްޖެ އެވެ.
އިންސްޓަގުރާމު މެދުވެރިކޮށް ޒައިން އޭނާއަށް ޑެންގޫ ހުން ޖެހިގެން އުޅޭކަން އަންގާފައި ވާއިރު އޭނާ ވަނީ ޑެންގޫ ހުން ފެތުރެމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް އަންގާފަ އެވެ.



ޒައިން ޑެންގޫ ހުން ޖެހިގެން އުޅޭކަން އެނގުމާއެކު އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިޑާ މެދުވެރިކޮށް ހިތާމަ ފާޅުކުރަމުންނެވެ. އަދި ގިނަ ބަޔަކު އަންނަނީ ޒައިންއަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރަމުންނެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ ޒައިން ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ނާމްކަރަން" އާއި "އެކް ވާދާ ރަހާ" އާއި "ތަޝަން އީ އިޝްގް" އަދި "އެކް ބްރަމް ސަރްވަގުން ސަންޕަންނަ" ހިމެނެ އެވެ.

ޒައިންގެ އިތުރުން މިދިޔަ ހަފްތާގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ލީޑު ރޯލުން ފެނިގެންދާ ކާތިކް އަސްލު ނަމުން ނަމަ މޮހްސިން ހާން އަށް ވެސް ޑެންގޫ ހުން ވަނީ ޖެހިފަ އެވެ.
ހިޔާލު