20000 rufiyaage faisaage inaamaa eku kamdhoogai futsel mubaaraatheh
image
ކަމަދޫ ފުޓްސަލް މުބާރާތުގެ ތެރެއިން-- ފޮޓޯ: ކަމަދޫ ކައުންސިލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

20000 ރުފިޔާގެ ފައިސާގެ އިނާމާއެކު ކަމަދޫގައި ފުޓްސަލް މުބާރާތެއް

ދަ ހޯކްސް ފުޓްސަލް ޓޯނަމެންޓުގެ ނަމުގައި ރަށު ފެންވަރުގެ މުބާރާތެއް ބ. ކަމަދޫގައި އިއްޔެ ފަށައިފި އެވެ.
އެ މުބާރާތް އިންތިޒާމްކޮށްފައި ވަނީ ކަމަދޫ ކައުންސިލާއި ޔޫތް އެސޯސިއޭޝަން އޮފް ކަމަދޫ އިނިޝިއޭޓިވްސް (ޔަކިސް) ޖަމިއްޔާ އާއި ގުޅިގެންނެވެ.

ދަ ހޯކްސް އިން ސްޕޮންސާ ކޮށްގެން ބާއްވާ އެ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ ޑޯން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި ރޯދި ލޯންޗުގެ އިތުރުން ފޮޓޯގްރަފީ ޑިޖިޓަލް ފޮޓޯ އެވެ.

މިއީ ރަށު ފެންވަރުގެ މުބާރާތަކަށްވީ ކަމުގައިވީ ނަމަވެސް އަތޮޅު ފެންވަރުގެ މުބާރާތެއްގެ ކޮލިޓީ ހުންނާނެ ކަމަށް ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސާޖިދު ވިދާޅުވި އެވެ.

އެ މުބާރާތުގައި ހަ ޓީމެއް ވާދަ ކުރާއިރު އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ނިންމާފައި ވެއެވެ. ރަނަރަޕް ޓީމަށް ދޭން ހަމަޖެހިފައި ވަނީ 10،000 ރުފިޔާ އެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ބައްދަލު ކުރީ އެފްސީ ރެއާލް އާއި އެފްސީ ރެއަލް ޖޫނިއާސް އެވެ. ފައިނަލް މެޗަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވަނީ ކައުންސިލްގެ ފަރާތުން ދައުވަތު ދެއްވާފަ އެވެ.
ބ. ކަމަދޫ ކުޅިވަރު
ހިޔާލު