Iran adhi Yugoslavia ge kureege coach Milorad gaumee volleyball teamge coach akah
image
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިރާން އަދި ޔޫގޮސްލާވިއާ ކުރީގެ ކޯޗް މިލޮރެޑް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް މިލޮރެޑް ކިޖަކް ހަމަޖައްސައިފިއެވެ.
ޔޫތު މިނިސްޓަރު މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިރާން އަދި ޔޫގޮސްލާވިއާ ގެ ކޯޗް ކަން ކުރިން ކުރެއްވި މިލޮރެޑް ގައުމީ ވޮލީބޯޅަ ޓީމަށް ހެޑް ކޯޗެއްގެ ގޮތުގައި ގުޅޭނެ ކަމަށެވެ.

އޭނާގެ ކޯޗް ކަމުގެ ދަށުން ބައިނަލްއަގްވާމީ އެތައް މުބާރާތެއްގައި ޓީމްތަކަށް ކާމިޔާބީ ހޯދަ ދީފައިވެއެވެ.

އޭގެ ތެރެއިން 1996 ވަނަ އަހަރު އެފްއައިވީބީ ވޯލްޑް ލީގުގައި ޔޫގޮސްލާވިއާ އަށް ބްރޯންޒް މެޑަލް ހޯދައިދީފައިވާ ކަން ފާހަގަކުރެވެއެވެ.

1965 ވަނަ އަހަރުން ފެށިގެން 1984 ވަނަ އަހަރާއި ހަމަ އަށް އެކި ކްލަބްތަކަށް ކުޅެދީފައިވާ މިލޮރެޑް، ކްލަބްތަކަށް ކޯޗް ކަން ކޮށްދޭން ފެށީ 1985 ވަނަ އަހަރުގައެވެ.







ހިޔާލު