Chemical ethere kurumuge hudha alun dheefi
image
ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- ފޮޓޯ / ސަން
0 ކޮމެންޓް
 

ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ އަލުން ދީފި

މިދިޔަ މަހުގެ ތެރޭގައި މާލޭގައި ހިނގާދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާތަކަށްފަހު، ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ.
މިދިޔަ މަހުގެ 20ވަނަ ދުވަހުގެ ރެއާ 30ވަނަ ދުވަހު މާލޭގައި ވަނީ ނުރައްކާތެރި އަލިފާނުގެ ދެ ހާދިސާ ހިނގާފައެވެ. އެ ދެ ހާދިސާގައި ވެސް އެތައް ބަޔަކަށް ގެއްލުން ލިބުނެވެ. އަދި އެ ދެ ހާދިސާގެ އިތުރުންވެސް މިދިޔަ މަސް ތެރޭގައި އަލިފާނުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ކުރިމަތިވެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް މިހާރު އެކުލަވާލައި އާންމު ކޮށްފައި އޮތުމުން ރައްކާތެރި ކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަަށެވެ.

މިދިޔަ މަހުގެ 20ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. މި ހާދިސާގައި މީހަކު މަރުވިއިރު އެތައް ގެއެއް އަނދާ ހުލިވެ، އެތައް ސަތޭކަ ބަޔަކު ހާލުގައި ޖެހުނެވެ. އަދި މިދިޔަ މަހުގެ 30ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވިއެވެ.
ހިޔާލު