Madheenaa gai accidentvi bus gai ehves dhivehsaku nei: Islamic Ministry
image
accident
0 ކޮމެންޓް
 

އެކްސިޑެންޓްވި ބަހުގައި އެއްވެސް ދިވެއްސަކު ނެތް: އިސްލާމިކްއެފެއާޒް

މަދީނާގައި އެކްސިޑެންޓްވި ބަހުގައި އެއްވެސް ދިވެއްސަކު ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ބުދަ ދުވަހު ހަވީރު ހިނގި ބަސް އެކްސިޑެންޓުގައި 35 އުމްރާވެރިން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު އިސްލާމިކް މިނިސްޓްރީންކޮށްފައިވާ ޓްވީޓެއްގައި ބުނީ މިހާތަނަށް ބެލި ބެލުމުން އެއްވެސް ދިވެހި އުމްރާވެރިއަކު އެ ބަހުން ދަތުރުކުރިކަން އެނގިފައިނުވާކަމަށާއި ދިވެހި އުމްރާވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.


އުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަސް ޖެހުނީ ހެވީ ވެހިކަލެއްގަ އެވެ. އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އޭޝިއާ އާއި އަރަބި ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ އެކްސިޑެންޓަށް ފަހު ބަހުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވެފައިވެއެވެ.
ހިޔާލު