Furathama loabiveriyaa mathin adhivess handhaan veytha?
image
ފާތުމަތު ނަޒުފާ އިރުޝާދު
5 ކޮމެންޓް
 

ފުރަތަމަ ލޯބިވެރިޔާ މަތިން އަދިވެސް ހަނދާންވޭތަ؟

އެންމެ ފުރަތަމަ ލޯބިވި މީހާ މަތިން ހަނދާން ނައްތާލުމަކީ އުދަނގޫ ކަމެކޭ މީހުން ބުނާ އަޑު އަހަމެވެ. އެންމެ ފުރަތަމަ ހިތުގައި ލޯބީގެ ވިންދެއް ޖަހާ ހިސާބަކީ ގައިމުވެސް ހަޔާތުގައި އަންނާނެ މުހިންމު ދަނޑިވަޅެކެވެ. ނަަމަވެސް "ފުރަތަމަ ލޯބި" ލިބެނީ ވަރަށް ނަސީބު ގަދަ އެހާމެ މަދު ބަޔަކަށެވެ.
ފުރަތަމަ ލޯތްބަކީ ފޮނި އަދި އެެއްބައި މީހުންނަށް ހިތި ޒަހަރެކެވެ، ދިރާސާތަކުން ދައްކާ ގޮތުން ދެ މީހުން ދުރުވުމަށްފަހު އެކަމުން އަރައިގަންނަން 11 ހަފްތާއެއްހާ ދުވަސް ނަގައެވެ. ނަަމަވެސް އެތައް އަހަރެއް ވޭތުވެގެން ދާއިރުވެސް ފުރަތަމަ ލޯބިވެރިޔާ މަތިން ހަނދާންވެ ރޮވޭ މީހުން އުޅެއެވެ.

ޖާނަލް ނިއުރޯން ގައިވާ ދިރާސާއެއްގައިވާ ގޮތުން ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރާ ކަންތައްތައް ސިކުނޑީގެ ހާއްސަ ހިސާބެއްގައި ރައްކާކުރެވިފައި ވެއެވެ. އެގޮތަށް ފުރަތަމަ ލޯބިވެރިޔާގެ ހަނދާންތައްވެސް ސިކުނޑީގެ ކަމުގައިވާ "ހިޕޮކެމްޕަސް" ގައި ގިނަ ދުވަސް ވަންދެން ހުންނާނެއެވެ.

ފުރަތަަމަ ލޯބިވެރިޔާ މަތިން އަދިވެސް ހަނދާންވެ ރޮވޭނަމަ އަދިވެސް ހިތުގައި އެމީހަކަށްޓަކައި ޖާގަ އެބައޮތެވެ. އެފަދަ ހާލެއްގައި އެހެން މީހަކާ ގުޅުމަކީ އެހާ ބުއްދިވެރި ކަމެއް ނޫނެވެ.

ފުރަތަމަ ލޯބިވެރިޔާ އަށް ފާރަލުމަކީ ވެސް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ފޭސްބުކް ގައި "ބްލޮކް" ކޮށްފައި އޮތްނަމަ އެހެން އެކައުންޓެއް ހުޅުވައިގެންވެސް ފާރަލާ މީހުން މަދެއް ނޫނެވެ. ދަންވަރުގެ ވަގުތުތައް ހޭދަކޮށްލަނީ އެ މީހަކަށް ފާރަލަމުގައެވެ. އެހެން މީހަކާ ގުޅުމެއް އޮންނަތޯ ބެލުމަށެވެ.

އެ މީހާގެ ހިޔާލުތަކުން ނުކުންނަން ބޭނުން ނަމަ އެމީހާ އަށް ފާރަލުން ހުއްޓާލާށެވެ. އަންފްރެންޑް ނުވަތަ އެމީހަކު ބްލޮކް ކޮށްލަންވީއެވެ. އެއަށްވުރެ އެމީހާގެ ހިތަށް ލިބޭނެ ފަސޭހަ އެއް ނޯންނާނެއެވެ.

ފުރަތަމަ ލޯބިވެރިޔާ އާއި ވަކިވާންޖެހުނީ އެމީހެއްގެ މައްސަލައަކުން ކަމުގައި ވާނީ ރަނގަޅު ވާނީ އެ ސަފްހާތައް ދޫކޮށްލުމެވެ. ކުރިއަށް އޮތް ތަނުގައި މާ އުފަލުގައި ދިރިއުޅެވެނޭ ދުވަސްތަކެއްވެސް އައިސްދާނެއެވެ.
ދިރިއުޅުން މީހުން
ހިޔާލު

މީ

ޥަރަށް ހަނދާންވޭ

ޝާޝީ

މިހާރުވެސް ވޭ. އެހަނދާން ތަކެއް ދުވަހަކު ވެސް ހިތުން ނުދާނެ

ޝާޝީ

މިހާރުވެސް ވޭ. އެހަނދާން ތަކެއް ދުވަހަކު ވެސް ހިތުން ނުދާނެ

؛ލޯބި

؛އެމީހަކުނޫޅުނުވަރަކުންއުޅުމުގެބޭނުމެއްނެތް

ގޮބޮޅި

ކޮންތާކު! ނުވޭ.. ކުރީގަ ރޮއި ހޭރުނަސް މިހާރު އެއައް ވުރެށް މާ ހަމަޖެހެއޭ..