Exercise Jarrafa 2019 kaamiyaabu kamaeki nimmalaifi
image
މިއަދު ކުރިއަށް ގެންދިޔަ އެކްސަސައިޒްގެ ތެރެއިން---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އެކްސަސައިޒް "ޖައްރާފާ 2019" ކާމިޔާބުކަމާއެކު ނިންމާލައިފި

އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ ފަޔަ އެކްސަސައިޒްގެ މިއަހަރުގެ ސިލްސިލާކަމުގައިވާ "ޖައްރާފާ 2019" މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ފައިނަލް އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ ހ.ފޯވިންޑުގައެވެ. އެ އެކްސަސައިޒް ކުރިއަށްދިޔަ ވަގުތު އެކްސަސައިޒް ބައްލަވާލެއްވުމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވާފައެވެ.

އެމްއެންޑީއެފުން ބުނީ ބޭއްވުނު ފައިނަލް އެކްސަސައިޒްގައި ސަރުކާރުގެ އެކި ވުޒާރަތަކާއި އަމިއްލަ ބައެއް ޖަމްއިއްޔާތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

އެގޮތުން ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި އައިޖީއެމްއެޗް އާއި އޭޑިކޭގެ އިތުރުން މޯލްޑީވްސް ރެޑް ކްރެސެންޓް ހިމެނެއެވެ. އަދި އެމްއެންޑީއެފުން އެ އެކްސަސައިޒުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިމަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކުރިއަށްގެންދިޔަ "އެކްސަސައިޒް ޖައްރާފާ" ގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ މާލޭ، ހުޅުމާލޭ، ތިލަފުށި އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.

އޭގެ އިތުރުން އޭރިއާތަކުގައި ގާއިމްކުރެވިފައިވާ ފަޔާ ސްޓޭޝަންތަކުން އެ އެކްސަސައިޒްގައި ބައިވެރިވުމުގެ ގޮތުން ފަޔާ ސްޓޭޝަން ހުންނަ ރަށުގައި އަލިފާން ނިއްވުމާއި މީހުން ސަލާމަތްކުރުމުގެ އެކިއެކި ފަރިތަކުރުންތައް ވަނީ ބާއްވާފައެވެ.

އެކްސަސައިޒް ޖައްރާފާއަކީ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސްއިން އަމަލުކުރަމުން އަންނަ "ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭން" ޓެސްޓްކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދެވޭ އެކްސަސައިޒެކެވެ.

އެ އެކްސަސައިޒްގައި ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭންގައި ހިމެނޭ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާއި، އަލިފާންނިވާ މީހުންނަށް ލިބިފައިވާ އިލްމާއި ހުނަރު އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން ފަރިތަކޮށްފައިވެއެވެ.
އެމްއެންޑީއެފް
ހިޔާލު