Adam Shareef ge bahuge hamalaaeh LGA ah
image
އާދަމް ޝަރީފް އުމަރު
އަބްދުﷲ ޔާމީން
1 ކޮމެންޓް
 

އާދަމް ޝަރީފްގެ ބަހުގެ ހަމަލާއެއް އެލްޖީއޭ އަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ފާޑު ކިޔުން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އަމާޒުވެއްޖެ އެވެ.
އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް އަހްމަދު ދައުލަތުގެ މީޑީއާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އަންނަ ބޮޑުބަދަލު ހެޔޮގޮތުގައި ތަންފީޒު ކުރެވިގެންދާނީ މޭޔަރާއި، ރަށްރަށުގެ ކައުންސިލް ރައީސުން އިންތިހާބު ކުރުމުގައި ޤާބިލް މީހުންނަށް ފުރުސަތު ދީގެން ކަމަށެވެ.

އާދަމް ޝަރީފް މިވާހަކަތަކަށް ރައްދުދެއްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާނޫނު ހަދާ ތަނަށް ގާބިލް މީހުން އިންތިހާބު ވާނޭ ގޮތެއް ނުރާވައި އޮތް އިރު ކައުންސިލް ތަކަށް ގާބިލް މީހުން އައްޔަންކުރުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.



ލާމަރުކަޒީ ގާނޫނާ ގުޅޭގޮތުން އެލްޖީއޭގެ އިސް ބޭފުޅަކު ދެއްކެވި ވާހަކަތަކަކަށް އާދަމް ޝަރީފް ފާޑު ވިދާޅުވެފައި މިވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް ހުށަހަޅާފައިވަނިކޮށެވެ.
އެލްޖީއޭ
ހިޔާލު

ހުސައިން

ތި ވިދާޅުވި ޤާނޫނު ހަދާ ތަނަށް ޤާބިލް މީހުން ވެއްދުމަށް މަސައްކަތް ކުރެއްވުމަކީ ތިބޭފުޅާގެ ޒިންމާއެއް. އެކަމަށް ކުރެއްވި ކަމެއް، ހުށަހެޅުއްވި އިސްލާހެއް، ވިދާޅުވި ބަސްފުޅެއް ހާމަ ކުރައްވާ. އެލް.ޖީ.އޭ އިން ބުނި ވާހަކައަކާ ގުޅުވައިގެން ތި ދައްކަވަނީ ބޭކާރު ވާހަކަ ތަކެއް. ބަހާއި އަމަލާ ދިމާ ކުރައްވާ.