Fuvahmulah cityge ijuthimaaee marukazuge jaagaige dhathikan varah bodu: Ministry
image
ޔޫތު މިނިސްޓްރީގެ އެކްޒެކްޓިވް ތޮލާލު މުހައްމަދު---ފޮޓޯ:މިކަލް ނިއުސް
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުޒަކަޒުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު: ތޮލާލް

ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުޒަކަޒަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ އޮފީސް ޖާގައިގެ ދަތިތައް ކަމަށް ޔޫތު މިނިސްޓްރީގެ އެކްޒެކްޓިވް ތޮލާލު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގެ އިޖްތިމާއީ މަރުކަރުގެ ހާލަތު ބައްލަވާލެއްވުމަށް ފަހު ސީއެންއެމަށް މައުލޫމާތު ހިއްސާ ކުރައްވަމުން ތޮލާލް ވިދާޅުވީ މިވަގުތު އެންމެ ބޮޑަށް ދަތިވަނީ އޮފީހުގެ ޖާގައިގެ ދަތިކަން ކަމަށެވެ.

އަދި މިހާތަނަށް އޮފީސް ބޭނުން ކުރަމުން އައިސްފައިވަނީ ގުދަނެއްގެ ގޮތުގައި ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ. އަދި ބިލިއާޑް ބޯޑުތައް ބޭނުން ކުރެވުނު ނަމަވެސް ހިރަފުހުގެ އުނދަގޫ ބޮޑު ވަރަށް ބޮޑުކަމަށާއި ޓީޓީ މޭޒާއި ކެރަމް އަދި ޑާރޓް ކުޅެވޭ ގޮތަށް ހުރި ނަމަވެސް ތަނުގެ ހޫނު ގަދަކަމުގެ ޝަކުވާ ކުޅެން އަންނަ ޒުވާނުންގެ ފަރާތުން ލިބެމުންދާކަމަށެވެ.

އަދި ފުވައްމުލައް ސިޓީގެ އިޖްތިމާއީ މަރުކަޒު ސިފަވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ އިޖުތިމާއީ މަރުކަޒުތަކަށް ވުރެ މާހާލަތު ދަށްކޮށް ހުރި ތަނެއްގެ ގޮތުގައި ކަމަށް ތޮލާލް ފާހަގަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުކަޒު ރަނގަޅަށް ބެލެހެއްޓުމަށް މުވައްޒަފުން ނެތްކަމަށް ވިދާޅުވެ ތޮލާލް ވިދާޅުވީ މަރުކަޒު މަރާމާތު ކުރުމަށާއި ތަނުގައި އެކިއެކި ހަރަކާތްތައް ހިންގަން ބަޖެޓެއް ނުލިބި ކަންކަން ކުރިޔަށް ނުގެންދެވޭނެ ކަމުގެ ޝަކުވާ އިޖުތިމާއީ މަރުކަޒުގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް މިހާރު ވަނީ ހުށަހަޅާފައި ކަމަށެވެ.

ފުވައްމުލަކު އިޖުތިމާއީ މަރުކަޒު ބެލެހެއްޓުމުގެ މަސައްކަތުގައި މުޅިއެކު ތިބީ 2 މުވައްޒަފުން ކަމަށާއި ނަމަވެސް ކުރިއަށްތަނުގައި މުވައްޒަފުން އިތުރުވެ ފުވައްމުލަކު ޒުވާނުންނާއި އާންމު ރައްޔިތުންނަށް ފާއިދާވާ ތަނަކަށް އިޖްތިމާއީ މަރުކަޒު ހެދުމަކީ ކުރައްވާ އުންމީދެއް ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.

އަދި ކުޅިވަރު ކުޅޭ ހޯލުގައި ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި ހަރުކޮށްފައި ހުރި ދޮރުފަތްތަކުގެ ތެރެއިން ބައެއްވެސް މިހާރުނެތް ކަން ފާހަގަ ކުރައްވާ ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ ދޮރުފަތުގެ ތަޅުތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައިކަމަށެވެ.

އަދި ބާކީ ހުރި ދޮރުތައް ލައްޕާފައި ހުއްޓަސް ހަގީގަތުގައި މުޅި އެތަން އޮތީ ވަރަށް ބޮޑަށް ވީރާނާވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ތޮލާލް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އައުޓްޑޯރ ކުޅިވަރުތަކުގެ ގޮތުގައި ވޮލީ އާއި ނެޓްބޯޅަ އަދި ފުޓުބޯޅަ ރޭގަނޑު ވަގުތުގައި ކުރިޔަށް ގެންދެވެން އޮތީ ލައިޓް ހަރުކުރެވިގެން ކަމަށާއި ކުރިން އެ މަރުކަޒުގައި ވޮލީ އާއި ނެޓްބޯޅަ އަދި ބާސްކެޓް ބޯޅަ ވެސް ލައިޓް ދިއްލައިގެން ރޭގަނޑު ކުޅެފައިވާކަމަށް ތޮލާލް ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަން އަވަސް މުއްދަތެއްގައި ހައްލުކުރެވިއްޖެނަމަ ފުވައްމުލައް ސިޓީގެ އިޖުތިމާއީ މަރުކަޒަށް އަލުން ދިރުން ލިބި ޒުވާނުން ހިތްހަމަޖެހޭ ތަނަކަށް އެތަން ވެގެންދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް ކުރައްވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓް ފާސް ކުރެވިގެން ދާއިރު ފުވައްމުލަކުގެ ކުޅިވަރަށް ބޭނުންވާ ވަރަށް ބަޖެޓު ފާސްވެގެން ދިޔުމަކީ މިވަގުތު ފުވައްމުލަކުގެ ކުޅިވަރުގެ ދާއިރާ އާ ހަރުފަތަކަށް ގެންދެވޭނެ ކަމުގެ އުންމީދެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.

އަދި އިންޑޯރ މަލްޓިޕާޕޯސް ހޯލުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގެ ޔަގީން ކަން ފުވައްމުލަކުގެ ޒުވާނުންނަށް ތޮލާލް ވަނީ ދެއްވާފައެވެ.
ހިޔާލު