Fiyavathi tharahgee kurumah India ge hiley ehee inn 1.9 million Rufiyaa
image
ފިޔަވަތި-- ވީނިއުސް
0 ކޮމެންޓް
 

ފިޔަވަތި ތަރައްގީ ކުރުމަށް އިންޑިއާގެ ހިލޭ އެހީއިން 1.9 މިލިއަން ރުފިޔާ

އިންޑިއާގެ ހިލޭ އެހީގެ ތެރެއިން 1.9 މިލިއަން ރުފިޔާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް، ތަރައްގީ ކުރުމަށް ކަނޑައަޅައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ތެރޭގައި ހުޅުމާލޭގައި ހުންނަ އިމާރާތުގެ ސެކިއުރިޓީ ތަރައްގީ ކުރުމާއި، އެތަނުގައި މިހާރު ހުރި ފަރުނީޗަރު އާ ކުރުމާއި، ކުދިންގެ އާއްމު ބޭނުންތަކަށް ބޭނުން ކުރާ ޖާގަ ތައްޔާރު ކުރުން ހިމެނޭ ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތް ފަސޭހަ މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ މިނިސްޓަ އޮފް އެކްސްޓާނަލް އެފެއާޒް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ.

ހިޔާލު