Fandiyaaru kamuge maqaamun Qani vakikuran JSC ion ninmaifi
image
ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ފަނޑިޔާރުކަމުގެ މަގާމުން ޣަނީ ވަކިކުރަން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިިފި އެވެ.
ޖޭއެސްސީން ބުނެފައިވަނީ، އެކޮމިޝަނުން ތަހުގީގު ކުރި ފަނޑިޔާރު ޣަނީގެ ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ފަނޑިޔާރު ޣަނީގެ ކިބައިން ތަހުގީގު ކޮމިޓީއަށް ފެނިފައިވާކަމަށެވެ.

އަދި އެކަމާއި ގުޅިގެން ފަނޑިޔާރު ޣަނީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތު ދީފައިވެއެވެ. އަދި ބުނެފައިވަނީ، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ފަނޑިޔާރު ޣަނީ ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށްވެސް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 60 ދުވަހުގެ މުއްދަތަކަށް ފަނޑިޔާރު ޣަނީ ސަސްޕެންޑް ކޮށްފައިވާކަމަށް ޖޭއެސްސީން މައުލޫމާތުދެ އެވެ.

ފަނޑިޔާރު ޣަނީ މަޤާމުން ދުރުކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުރި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ދީދީ ގެ މައްޗަށް ސުލޫކީ މައްސަލަ އެއް ސާބިތުވެގެން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ހިޔާލު