Hangandu reethikoh bahahtan Madhuri kuraa kanthahthah mi othy!
image
މަދޫރީ--
0 ކޮމެންޓް
 

ހަންގަނޑު ރީތިކޮށް ބަހައްޓަން މަދޫރީ ކުރާ ކަންތައްތައް މިއޮތީ!

ބަތަލާ މަދޫރީ ޑިކްސިތަކީ އަށްޑިހައިގެ އަހަރުތަކުގައި ވިދާލި ކުޅަދާނަ ތަރި އެކެވެ. އުމުރުން މިހާރު 52 އަހަރުގެ މަދޫރީ ކުރިއާ މިހާރާ މާ ބޮޑު ތަފާތެއް ނެތް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. އުމުރުން ދުވަސްވީ ނަމަވެސް އޭނާގެ ރީތި ކަމަކަށް މާބޮޑު ބަދަލެއް އަންނަ މަންޒަރެއް ނުފެނެ އެވެ. މަދޫރީ މި ވަނީ އޭނާ އަދިވެސް އެހާ ރީތިވުމުގެ ސިއްރު އާންމުކޮށްފަ އެވެ.
މަދޫރީ ބުނި ގޮތުގައި އޭނާ އެންމެ ހާއްސަ ކަމެއް ދެނީ ޑައިޓަށެވެ. އެގޮތުން ސިއްހަތަށް ފައިދާ ކުރާ ކާނާ، ކެއުމުގައި އިތުރުކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ސިއްހަތަށް ގެއްލުން ލިބޭ ކަންކަމެއް އޭނާ ނުކުރެ އެވެ. މަދޫރީ ބުނީ، ރަނގަޅު ޑައިޓެއްގައި ހިފެހެއްޓުމަކީ ހަންގަނޑު ރީއްޗަށް ބެހެއްޓުމުގައި ވެސް އެހީއެއް ކަމަށެވެ.

ޑައިޓު ކުރަމުން ގަވާއިދުން ކަސްރަތު ކުރުމަށް ވެސް މަދޫރީ ހާއްސަ އިސްކަމެއް ދެއެވެ. އެގޮތުން ދާހިއްލާ ކަސްރަތުތައް ކުރުމަކީ ވެސް މީހާގެ ހަންގަނޑު ރީތިވާ ސަބަބެއް ކަމަށް އޭނާ ބުނެ އެވެ.

ހަންގަނޑާ އެއްވަރަށް އިސްތަށިގަނޑަށް ވެސް އޭނާ ވަރަށް ބަލަ އެވެ. އެގޮތުން އިސްތަށިގަނޑު ދޮންނަނީ ބޮލުގައި ތެޔޮ ލައިގެން ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ކަމަށާއި އެގޮތަށް އެކަން ކުރުމަކީ އިސްތަށިގަނޑު ރީތިވެ ވަރުގަދަވާ ކަމެއް ކަމަށް ބުންޏެވެ.

އޭގެ އިތުރުން ބޭރަށް ދާއިރު އަބަދުވެސް އޭނާ ސަން ލޯޝަން ގެންދެ އެވެ. ސަބަބަކީ އަވީގައި އުޅުމަކީ ހަންގަނޑު ހަލާކުވެ ދުވަސްވީ ވައްތަރު ޖެހުމުގެ ފުރުސަތު އޮތް ކަމެއް ކަމުން ގައިގާ ސަން ލޯޝަން އުނގުޅަ އެވެ. ސަން ލޯޝަން އުނގުޅުމުން ހަންގަނޑު އެފަދަ ނުރައްކާތަކުން ސަލާމަތް ކުރެ އެވެ.

މަދޫރީ އިތުރަށް ބުނި ގޮތުގައި ރަނގަޅަށް ނިދުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ހަމަ ނިދި ނުލިބުމަކީ ވެސް މީހާގެ ހަންގަނޑު ހަލާކުވުމުގެ ފުރުސަތު އޮތް ކަމެއް ކަމުން އޭނާ ގަބޫލު ކުރަނީ ގަޑިންގަޑިއަށް ނިދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ރަނގަޅަށް ގިނައިން ފެން ބުއިމަކީ ވެސް ހަންގަނޑު ރީތިކޮށް ހުންނާނެ ސަބަބެއް ކަމަށް މަދޫރީ ބުންޏެވެ.
ހިޔާލު