Raees Solih aa modi maadhamaa mashroou thakeh ifthithaahu kurahvvanee
image
ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ --
1 ކޮމެންޓް
 

ރައީސް ސޯލިހާއި މޯދީ މާދަމާ މަޝްރޫއުތަކެއް އިފްތިތާހު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ މާދަމާ ރާއްޖޭގައި ހަތަރު މަޝްރޫއެއް އިފްތިތާހުކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި މަޝްރޫއުތައް އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެނެވެ.

މާދަމާ އިފްތިތާހު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ފާސްޓް އިންޓަސެޕްޓާ އުޅަނދު ހަދިޔާކުރުމާއި އިންޑިއާގެ އެހީގައި މާލެ ސިޓީގައި ލެޑް ލައިޓު ހަރުކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުން ހިމެނެއެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި އަޅާ މަސް ޕްރޮސެސްކުރާ ތިން ޕްލާންޓު އިފްތިތާހުކުރުމުގެ އިތުރުން އިންޑިއާގެ ޕޭމެންޓް ކާޑެއް ކަމުގައިވާ "ރުޕޭ ކާޑާއި" ގުޅޭ އެއްބަސްވުމެއްގައޮ ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

މި މަޝްރޫއުތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް "ސީއެންއެމް"އިން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދަށް ގުޅާލީމެވެ. އެހެންނަމަވެސް ފޯނު ބިޒީ ކުރައްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.

އިންޑިއާ ފާހަގަކުރެވެނީ ރައީސް ސޯލިހުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއްގެ ގޮތުގައެވެ. އެގޮތުން ރައީސް ސޯލިހު ރައީސުލުޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ގައުމުތަކުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މީގެއިތުރުން ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ގައުމަކީވެސް އިންޑިއާކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާ-ރާއްޖެ
ހިޔާލު

ކަދުރޭ2

ގޭންގް ރޭޕްތަކާ މަގުމައްޗަށް ކުޑަކަމުދިޔުން ހުއްޓުވާށޭ ބުނާތި. އޭގެފަހުން އެހެން ކަމަކާއުޅޭށޭބުނޭ.