13 Aharuge kuhjjaa ge mainbafain hayyaru koffi
image
އާދަމް ނަޒީރު
0 ކޮމެންޓް
 

13 އަހަރުގެ ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފި

އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާ ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ އާއިލާއަކީ ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއް ކަމަށެވެ. ފުލުުހުން މީގެކުރިން ބުނީ އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ އެ މުއައްސަސާއަށް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި އެ ކުދިންގެ މައިންބަފައިން ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

އެ އާއިލާގައި ހިމެނޭ ހަ ކުއްޖަކު ދައުލަތަށް ނަގާފައިވާއިރު 12 އަހަރުގައި ކުޑަ އަންހެން ކުއްޖަކާއި ކައިވެނި ކުރުމަށްފަހު 13 އަހަރުގައި އެ ކުއްޖާ ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ މިދިޔަ މަހުގެ 29ގައި ހައްޔަރުކޮށްފައެވެ.
ޖެންޑާ މިނިސްޓްރީ
ހިޔާލު