AFC Cup kulhen raajje annan jehumakee fahureh: Oscar
image
އޮސްކާ ފޮޓޯ:---
ސީއެންއެމް
0 ކޮމެންޓް
 

އޭއެފްސީ ކަޕް ކުޅެން ރާއްޖެ އަންނަން ޖެހުމަކީ ފަހުރެއް: އޮސްކާ

އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބަކާއި ދެކޮޅަށް ކުޅެން މާލެ އަންނަން ޖެހުމަކީ ލިބުނު ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް، ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޯން ބަރޭރާސް ބުނެފިއެވެ. އޮސްކާ މިހާރު ކޯޗު ކޮށްދޭ، ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ގޮވައިގެން ނުކުމެ އޭނާވަނީ ބަންގްލަދޭޝް ލީގު ކާމިޔާބުކޮށް މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން އެ ޓީމަށް ފުރުސަތު ހޯދައިދީފައެވެ.
އޮސްކާ ކޯޗު ކޮށްދޭ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އޭއެފްސީ ކަޕުގައި ނުކުންނާނީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ އިންޑިޔާގެ ޗެންނާއީ ސިޓީއާ އެއް ގުރޫޕެއްގައެވެ. މި ގުރޫޕުގެ ފަހު ފުރުސަތު ލިބޭނީ ޕްލޭ އޮފުން އަންނަ ޓީމަކަށެވެ. ޕްލޭ އޮފްގައި އެ ޖާގަ ހޯދުމުގެ ރޭހުގައި ވާދަކުރާނީ ބަންގާޅުގެ އަބާހާނީ ލިމިޓެޑާއި ރާއްޖޭގެ މާޒިޔާ އަދި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ސްރީލަންކާއާ ބޫޓާނުގެ ޗެމްޕިއަނުންނެވެ.

ސީއެންއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން އޮސްކާ ބުނީ، ބަންގާޅުގައި ހުރި ނަމަވެސް ދިވެހި ފުޓްބޯޅައިގެ ވާނުވާ ހޯދަމުންދާ ކަމަށެވެ. އަދި އޭއެފްސީ ކަޕު ކުޅެން ރާއްޖެ އަންނަން ޖެހުމަކީ ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށް އޭނާ ބުންޏެވެ.
"ރާއްޖެއަކީ އަހަރެންގެ ކާމިޔާބީގެ އެތައް ހަނދާންތަކާއި ގުޅިފައިވާ ތަނެއް. ރާއްޖޭގައި ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް. އަދި ޝަރަފެއްވެސްމެ". ނިއުރޭޑިއަންޓްގެ ކޯޗުގެ ގޮތުގައި ހުރި އިރު ވާދަ ކުރި ހުރިހާ މުބާރާތެއްވެސް ކާމިޔާބުކުރި އޮސްކާ ބުންޏެވެ.

އޮސްކާވަނީ ނިއުއާ އެކު ދިވެހި ލީގާ އެފްއޭކަޕް އަދި ޤައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި އޭނާވަޏީ ނިއުރޭޑިއަންޓް އޭއެފްސީ ކަޕަށް ކޮލިފައިކޮށްދީ، ސަރަހައްދީ ވަރުގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކުރި ހަމައެކަނި ދިވެހި ޓީމަކަށް ނިއުރޭޑިއަންޓް ހަދާދީފައެވެ.

އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސްއާ ބަންގާޅުގެ ބަޝުންދުރާ ކިންގްސް ބައްދަލުކުރާ މެޗު މާލޭގައި ކުޅޭނީ އަންނަ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ކުރިން ބަންގާޅުގައި މި ދެ ޓީމުގެ ކުރިމަތިލުން އޮންނާނީ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ.
ހިޔާލު