Gaumee Volley mubaaraathuge final ga Police adhi Sifainge Club
image
ގައުމީ ވޮލީބޯޅަ ލީގު ފައިނަލްގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޕޮލިސް ލައިފް
0 ކޮމެންޓް
 

ގައުމީ ވޮލީ މުބާރާތުގެ ފައިނަލުގައި ޕޮލިސް އަދި ސިފައިންގެ ކްލަބު

ފަންސާސް އެއްވަނަ ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ ޕޮލިސް ކްލަބާއ ސިފައިންގެ ކްލަބުގެ ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ އެވެ.
ޕޮލިސް ކުލަބް ފައިނަލުން ޖާގަ ހޯދީ ހުކުރު ދުވަހުގެ ރޭ ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކުރި ސެމީ ފައިނަލުގެ ތިންވަނަ މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ.

ދެވަނަ ސެމީ ފައިނަލުން މޮޅުވި ގުޑީސް ސްޕޯޓްސް ކުލަބާއި ފުރަތަމަ ސެމީ ފައިނަލުން ބަލިވި ޕޮލިސް ކުލަބުން ވާދަކުރި މެޗުގެ ފުރަތަމަ ސެޓް 25-19 އިން ޕޮލިސް ކުލަބް ކާމިޔާބު ކުރި ނަމަވެސް ގުޑީސް ސްޕޯޓްސް ކުލަބުން ވަނީ ވާދަވެރި ކުޅުމަކަށް ފަހު ދެވަނަ ސެޓް 31-29 އިން ކާމިޔާބުކޮށްފައެ ވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފަހު ދެ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-22 އަދި 25-23 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ އިސްމާއިލް ސާޖިދު އެވެ.

ސިފައިންގެ ކުލަބުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން 3-2 ސެޓުން މޮޅުވެގެންނެވެ.

މިރޭ އޮންނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ޕޮލިސް ކުލަބު ވާދަކުރަން ޖެހެނީ ދިވެހި ސިފައިންގެ ކުލަބާ އެވެ. ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގައެވެ.

ގައުމީ ވޮލީބޯޅަ ލީގު ފައިނަލުގައި ވެސް ވާދަކުރީ މި ދެ ޓީމެވެ. ސިފައިން ގައުމީ ލީގު ކާމިޔާބުކުރިއިރު، ލީގުގެ ދެ ބުރުގައި ވެސް ޕޮލިހުން އަތުން ވަނީ ބަލިވެފަ އެވެ.
ވޮލީ ބޯޅަ
ހިޔާލު