Raees ofeehuge billoorigandeh thalhaali meehaa 10,000 rufiyaa in joorimanaa!
image
ގާބުރިން ޖަހާ ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލާފައި
0 ކޮމެންޓް
 

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހާ 10،000 ރުފިޔާ އިން ޖޫރިމަނާ!

ރައީސް އޮފީހުގެ ބިއްލޫރިގަނޑެއް ތަޅާލި މީހާ 10،800 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިމައްސަލާގައި މިދިޔަ އާދިއްތަ ދުވަހު ހުކުމްކުރީ ހއ. ދިއްދޫ، ހަވީރީފިނި، އަހްމަދު ސިރާޖްގެ މައްޗަށެވެ.

ދައުލަތުން އަހްމަދު ސިރާޖުގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް މިދައުވާ އުފުލީ 2017 ވަނަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ރައީސް އޮފީހުގެ އަމީރު އަހުމަދު މަގަށްވާ ގޮތަށް ހުރި ބިއްލޫރިގަނޑެއް ގާގަނޑަކުން ޖަހައި ތަޅާލުމުންނެވެ.

ކްރިމިނަކް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އޭނާ ކުރި ކުށަށް ކޯޓުގައި އިއުތިރާފްވެ ބަދަލު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީވެ ކުށުގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރަން ނިންމީ ކަމަށްވެސް ހުކުމްގައިވެ އެވެ.

ސިރާޖުގެ މައްޗަށް ހުކުމްކޮށްފައިވަނީ ޖޫރިމަނާ ފައިސާ ދެމަސް ތެރޭގައި ދެއްކުމަށެވެ.
ހިޔާލު