BMW in Kotari Car eh Dhahkaalaifi
image
ފިޔުޗާ ލައިޓް .-- ފޮޓޯ:ބީއެމްޑަބްލިޔު
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ބީއެމްޑަބްލިޔު އިން ކޮޓަރި ކާރެށް ދައްކާލައިފި

އެމެރިކާގެ ލާސް ވެގަސް ގައި ބޭއްވި ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި ބީއެމްޑަބްލިޔު އިން ދާތަނަކަށް ކޮޓަރި އާ އެކީ ދުއްވާފައި ދެވޭނެ ހެން ޑިޒައިން ކޮށްފައިވާ ކާރެއް ދައްކާލައިފި އެވެ. މި ކާރަށް ދީފައިވާ ނަމަކީ ފިއުޗާ ލައިޓް އެވެ.
މިފަހަރު ސީއީއެސްގައި ބީއެމްޑަބްލިޔު އިން ދައްކާލައިފާވާ މި ކާރަކީ ދިގު ދަތުރުތަކަށާއި ގިނަ އިރު ޓްރެފިކުގައި މަޑުކޮށްގެން ތިބެން ޖެހޭ ފަރާތްތަކަށް ފަސޭހަ ވާނެހެން ޑިޒައިން ކޮށްފައިވާ ކާރެކެވެ.

މި ކާރު ޑިޒައިން ކުރުމަށް ބީއެމްޑަބްލިޔުގެ ޑިޒައިން ޓީމުން ވަނީ އެމެރިކާގެ މަޝްހޫރު ކޭމްޕިން އަދި ބޭރުގެ ކުޅިވަރުތަކަށް ބޭނުން ކުރާ ތަކެތި ހަދާ ދަ ނޯތު ފޭސް އާ ގުޅިގެން މަސައްކަތް ކޮށްފައެވެ.

ބީއެމްޑަބްލިޔުއިން ބުނީ މި ކާރު ހެދުމުގެ ހިޔާލު ލިބުނީ 2008 ވަނަ އަހަރު ހަދާފައިވާ ޖީނާ ކޮންސްޕްޓު ކާރަކުން ކަމަށެވެ.

މީގެ އިތުރުން "ފިއުޗާ ލައިޓް" ހަދާފައިވާނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ލުއި، މޮޅު އަދި ފެން ނުވަންނަ ތަކެތި ބޭނުން ކޮށްގެން ކަމަށް ބީއެމްޑަބްލިއު އިން ވަނީ ބުނެފައެވެ.
ހިޔާލު